title stringlengths 1 255 | content stringlengths 1 35.3k |
|---|---|
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން، އަނިޔާވެފައި އޮއްވައި ފެނުނު މީހާ މަރުވެއްޖެ | ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރު ތޮށި މޫދުން އަނިޔާވެފައި އޮއްވައި މިއަދު ފެނުނު މީހާ މަރުވެއްޖެއެވެ.އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މޫދުން ފެނުނު މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި މި މީހާގެ ބޮލުގައި އުޅަނދަކުން ޖެހިފައިވާ ކަމަށެވެ. އަދި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން... |
ކެފޭއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ | މާލެގައި މިރޭ ހިންގި މާރާމާރިއެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭ އެއްގައި މާރަމަރިއެއް ހިންގަފައިވާ މައްސަލައެއް މިރޭ ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މާރާމާރީގައި 44 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާކަމަށާއި އެމ... |
ލޭންޑިން ކްރާފްޓުން ޖެހުނު މީހާ މަރުވެއްޖެ | ފުލުހުން ބުނީ އަނިޔާވި މީހާއަށް ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށެވެ. އެއީ 55 އަހަރުގެ މީހެއް ކަމަށް ވެސް ބުންޏެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރު ތޮށި މޫދުގައި އޮއްވާ ލޭންޑިން ކަރާފްޓެއް ގައިމަތީން ދިއުމުން އަނިޔާވި މީހާ ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހާއަށް ފަރުވާ ދެނިކޮށް މަރުވެފައިވާ ކ... |
ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރާ މައްސަލަ ކޯޓުން ބަލައިގެންފި | ރާއްޖޭގެ ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި މައްސަލައް ސުޕްރިމް ކޯޓަށް ހުށަހެޅީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. މެމްބަރު އަލީ ހުސައިން މި މައްސަލަ ހުށަހެޅުއްވީ މި މަހުގެ 24 ވަނަ ދުވަހު އެ... |
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި | ހުސްވެފައިވާ އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދެ މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެ ދެ މެ... |
ކެފޭއެއްތެރޭ މާރާމާރީ ހިންގާ މީހަކު ޒަހަމު ކޮށްލައިފި | މާރާމާރީގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެފައި ވެ އެވެ. ވީޑިއޯ ގައި ފެންނަ ގޮތުން އެ މީހާގެ މޫނު މައްޗަށް ވަނީ އަނިޔާވެފަ އެވެ.
ކެފޭއެއްތެރޭ މާރާމާރީ ހިންގާ މީހަކު ޒަހަމު ކޮށްލައިފި އެވެ.
ފުލުހުން ބުނީ މާފަންނު ޝަހީދު އަލީ ގޯޅީފައި ހުރި ކެފޭއެއްގެ ތެރޭގައި މާރާމާރީ އެއް ހިންގާ... |
ޚާރިޖީ ވަޒީރުގެ އަރިހަށް، ޗައިނާ ސަފީރާއި އިންޑިއާ ސަފީރު ވަދާޢީ ޒިޔާރަތްކުރައްވައިފި | ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލިޝިން އާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މަނޫ މަހާވަރު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް އިންޑިއާއާއި ޗައިނާގެ ސަފީރު ވަދ... |
ގެދޮރުވެރިކަމުގެ ރަން ޒަމާނަކަށް ފެށިގެން މިދަނީ މުޅިން އައު ބާބެއް! | ވެރިކަންކުރާ މާލެ ސިޓީ އަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ދެލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އާބާދީ ބޮޑު އެއް ސިޓީއެވެ.
ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅެމުންދާ މާލެ ސިޓީގައި 1987 ވަނަ އަހަރު އާބާދީއަކީ 20،000 މީހުންނެވެ. 2006 ވަނަ އަހަރު އާ... |
އަންނަ އަހަރު މާޗް މަހު ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށަނީ | "ހެލްކޮޕްޓަރު ސާވިސް" ގެ ހިދުމަތް ފެށުމަށް އެ ހިދުމަތް ދޭ ކުންފުންޏާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށާ އަންނަ އަހަރުގެ މާޗު މަހު އެ ހިދުމަތް ރަސްމީކޮށް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ "ހެލްކޮޕްޓަރު ސާވިސް... |
ގައުމިއްޔަތު ވުޒާރާއިން 52 ހަފްތާ ތެރޭގައި ކުރި އެންމެ މުހިންމު މަސައްކަތަކީ 50 ވަރަކަަށް ޕެނަލް ޑިސްކަޝަން ބޭއްވުން: އާދަމް ނަސީރު | ރައީސް މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރިގެންދިޔައިރު, ގައުމިއްޔަތު ދިރުވުމުގެ ނަމުގައި އުފައްދާފައިވާ ގައުމިއްޔަތު ވުޒާރާއިން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރި އެންމެ މުހިންމު މަސައްކަތަކީ 50 ވަރަކަށް ޕެނަލް ޑިސްކަޝަން ބޭއްވުން ކަމުގައި ގައުމިއްޔަތު ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
ގައުމިއްޔަތު ވަޒީރ... |
ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ބަދަލެއް ނުގެނޭ؛ ބިލުގައި ހިމެނީ އިސްތިސްނާ ޙާލަތްތައް: ފިރުޒުލް | ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ މިހާރުގެ ގަވާއިދަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އަލަށް އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނާފައިވަނީ އިސްތިސްނާ ޙާލަތްތަކެއް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރު... |
މަސްވެރިންނަށް މި މަހު 22.9 މިލިއަން، ޖުމްލަ 918 މިލިއަން ދީފި | ނިމުނު އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި ހުރިހާ މަހަކަށް ދޭންޖެހޭ 22.9 މިލިއަން ރުފިޔާ މިފްކޯއިން މިހާރުވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.
ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން އޮކްޓޯބަރު 28 އިން ފެށިގެން މި... |
ޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 13 މީހުން ޝަހީދުކޮށްލައިފި | ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން، އެތަކެއް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދަމުން ދިޔަ މަދަރުސާއަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، 13 މީހުން ޝަހީދުކޮށްލައިފިއެވެ. ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ މަދަ... |
ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤަވާމީ ޒަކާތު ކޮންފަރެންސް މާދަމާ | ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ
ފަހަރަށް ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްއެއް މާދަމާ ބާއްވާނެއެވެ.
"އިންޒެކް
2024" (އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް) ގެ ނަމުގައި މި ބޭއްވޭ
ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ
މާލަމުގައެވެ.
މި
ކޮނ... |
ކެފޭއެއްގެ ތެރޭ މާރާމާރީއެއް ހިންގާ ބޮޑެތި އަނިޔާތަކެއް | މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނިގޮތުގައި މާރާމާރީ ހިންގާފައި ވަނީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގ އެވެ.
މި މާރާމާރީގައި އަނިޔާވި މީހާ ސްޓެރޗަރއެއްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނ... |
ގޯލްޑް ކަޕް: ތިމަަރަފުށި ބަލިކޮށް އޭދަފުށި ދެވަނަ ބުރަށް | ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުން ބ. އޭދަފުށި ޖާގަ ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު ގްރޫޕް ބީގެ މެޗުން އޭދަފުށި މޮޅުވީ ތ. ތިމަރަފުށި އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތ... |
އާ "މޯލްޑިވްސް ސައިނޭޖް" ދައްކާލައިފި | ރާއްޖޭގެ ގްލޯބަލް ބްރޭންޑް ވިޒިބިލިޓީ އިތުރަށް ކުރިއަރުވައ،ި ރާއްޖޭގެ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އާ "މޯލްޑިވްސް ސައިނޭޖް"އެއް ހަދައި އެ ސައިނޭޖް ދައްކާލައިފިއެވެ.
މި ހަރަކާތް އޮތީ ވޯލްޑް ޓްރެވެލް އެވޯޑްސް 2024 ގައި ރާއްޖެއަށް ލިބުނު ރިކޯޑު ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ބޭއ... |
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ނިސްބަތްވާ ފޮނަދޫގައި ބޮޑު ޝޮޕިން ކޮމްޕްލެކްސްއެއް އަޅަނީ | ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ނިސްބަތްވާ ހައްދުންމަތީ ފޮނަދޫގައި ޝޮޕިންގް ކޮމްޕްލެކްސްއެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ފޮނަދޫ ކައުންސިލުން މިހާރު ވަނީ އެރަށުގައި ޝޮޕިން ކޮމްޕްލެކްސްއެއް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ދޫކުރުމަށް ހ... |
ފެނަކައިން ކޮމަންޑޫގެ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ބިލެއް ފޮނުވައިފި | ށ. ކޮމަންޑޫ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅުމަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.އެކަމާ ގުޅިގެން ފެނަކައިގެ ރަސްމީ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ބިލަކީ އަލަށް އިންސްޓޯލް ކުރެވުނު މީޓަރެއްގެ ރީޑިން އެޅުމުގައި ދިމާވި ކުށަކާ ގުޅިގެން ހެދުނު ބިލެއް ކަމަށެވެ."މި ބިލުގެ... |
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި | ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިނގިރޭސިވިލާތަށް... |
ފަލަސްތީނުގެ މިނިވަންކަމަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނެތް | އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާ ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވެ، އެ ގައުމެއްގެ ސިޔާސީ ވިސްނުމާއި އިގްތިސާދީ ބާރުގެ ބޭނުންހިފުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. ފަލަސްޠީނުގެ ރައްޔިތު... |
ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފި | ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބަސެޑަރ އާއެކު މަޝްވަރާ ކުރައްވައިފިއެވެ.
ދިވެހިރާއްޖެއަށް
ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބަސެޑަރ މިސްޓަރ
ހިއުގޯ ޔޮންއާ އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު... |
ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި | ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ
ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މި ހުދު ސަމާލަކީ މިއަދު ހަވީރު 5:00 އިން މިރޭ ދަންވަރު 00:30 އާ ހަމައަށް، ތ. އަތޮޅަށާއި، ލ. އަތޮޅަށާއި، ގއ. އަތޮޅަށާއި، ގދ.
އަތޮޅަށާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ނެރެފައިވާ ހުދު ސަމާލެކެވެ.... |
ހައިވޭގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް | އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ.
ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވާލި ހައިވޭގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ. ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގެ ތަފްސީލެެއް ފުލުހުން އަދި ނުދެ ... |
ނައިބު ރައީސްގެ އަރިހަށް، ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި | ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމް... |
10 ދުވަހުގެ ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން އެނބުރި މާލެއަށް | އިނގިރޭސިވިލާތަށް ކުރެއްވި 10 ދުވަހުގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.
މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރައްވަނީ ރައީސް އަމިއްލ... |
"އޮޅުވާލައިގެން ފައިސާތަކެއް ހޯދުމުގައި ފުލުހަކު ބައިވެރިއެއް ނުވޭ" | މަކަރާއި ޙީލަތުން ފައިސާތަކެއް ހޯދި މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުން އޮތްކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އެ މުއައްސަސާއިން މިހެން ވިދާޅުވީ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާތަކެއް ހޯދި މައްސަލާގައި ފުލުހަކު ހިމެނޭކަމަށް ބުނެ ... |
އަންނަ ހަފްތާގައި ފެސިލިޓީއަށް ބުޅާ ގެންދަން ފަށަނީ | މި ފެށޭ ހަފްތާ ތެރޭގައި، ކެޓް ޝެލްޓަރއަށް ބުޅާތައް ގެންދަން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ މަގުމަތީގައި ވެރިޔަކު ނެތި ވީއްލިގެން އުޅޭ ބުޅާތަކަށް ހިޔާވައްސެއް ހޯދައިދިނުމަށް ގާއިމްކުރި ކެޓް ޝެލްޓަރ ނުވަތަ ޕެޓް ކެއާ ފެސިލިޓީ ހުޅުވީ މިމަހުގެ ދެވަނަ ދުވަހުއެވެ. "އޮޅު ހިޔާ... |
އެންސްޕާއާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކާ ގުޅޭ ތަހްގީގެއް ހިންގުމަށް އޭސީސީގައި އެދިއްޖެ! | ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.
އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާ، އެ ޗެނ... |
ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ: އިޙްސާން | ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ ވަޒީރާ ސުވާލުކުރެއްވުމުން، އެކަމަށް އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިކަމަށް ބުނެ މީޑ... |
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ މާދަމާ | މިއީ ކޮންމެ މޫސުމެއްގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށް ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީން ބުންޏެވެ.
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
"ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ގެ ނަމުގައި ކުރިއަށްގެންދާ... |
ކާރެއްގައި ރޯކުރިކަމުގެ ތުހުމަތުވާ 2 މީހުން 15 ދުވަހަށް ބަންދު | ސިނަމާލެ ފްލެޓްތަކުގެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އިރުއޮއްސި 6:30 ވަނިކޮށް ސިނަމާލެ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ:
ދެ... |
ދުނިޔޭގެ ކޯޓުން ހައްޔަރުކުރަން އަމުރުނެރެފައިވާ މީހަކު ރާއްޖެ އަތުވެއްޖަނަމަ ހައްޔަރުކުރާނަން! އިޒްރޭލުގެ ބޮޑުވަޒީރާ ދިފާޢީ ވަޒީރު އިސްތިސްނާއެއް ނުކުރާނަން!: ހޯމް މިނިސްޓަރ އިޙްޞާން | ދުނިޔޭގެ ކޯޓުން ހައްޔަރުކުރަން އަމުރުނެރެފައިވާ މީހަކު ރާއްޖެ އަތުވެއްޖަނަމަ ހައްޔަރުކުރާނެ ކަމަށާއި، އިޒްރޭލުގެ ބޮޑުވަޒީރާއި ދިފާޢީ ވަޒީރު އިސްތިސްނާއެއް ނުކުރާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.މިއަދު ނޫހަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އަލީ އިހުސާން ވިދާޅުވީ ރާ... |
ރާއްޖޭގެ އާބާދީގެ ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއް: ޔުނިސެފް | ރާއްޖެއިން ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަމަށް ޔުނިސެފްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަ... |
އަންދަލުސްގެ ބާޒު - 15 | (22 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރ... |
ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައި: ޔުނިސެފް | ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނ... |
ޔޫކޭ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި | ރައީސްޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގަތީ މި މަހު 21 ގައެވެ.ރައީސް އޮފީހުން މިއަދު ބުނީ، ރައީސްގެ ދެކަނބަލުން ހަވީރުގެ ވަގުތެއްގ... |
ބިދޭސީންނަށް ނުގަވާއިދުން ކަންކަންކޮށްދީ ފައިސާ ހޯދާ ފަސް އޮފިސަރެއް، ތަހުގީގު ފަށައިފި | މިނިސްޓަރު ވިދާޅުވީ މި މައްސަލާގައި ހިމެނޭ މުވަައްޒިފުންގެ ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާ އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮޮށްފައިވާ ކަމަށެވެ.
ބިދޭސީންނަށް ނުގަވާއިދުން ކަންކަންކޮށްދީ ފައިސާ ހޯދަމުންދާ އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްސަލަ ފާހަގަކުރެވި ތަހުގީގެއް ފަށައިފި އެވެ.
އެކަން ހާމަކުރ... |
އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މުޢިއްޒުގެ ދެކަނބަލުން މާލެ ވަޑައިގެންފި | އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ރައ... |
ޔޫކޭ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި | ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.
މިއީ ނުރަސްމީ ދަތުރުފުޅެކެވެ.މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކު... |
ބައިނަލްއަގުވާމީ ކޯޓުގެ އަމުރު ތަންފީޒުކޮށް ނަތަންޔާހޫ ހައްޔަރުކުރާނަން: އިހުސާން | އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ.
'އެކްސް'ގައި މިނިސްޓަރު ލިޔުއްވި ގޮތުގައި، ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު (އައިސީސީ)ގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ރާއްޖެއިން ތަންފީޒުކުރާނެއެ... |
އިމިގްރޭޝަން އޮފިސަރުންތަކަކަށް ރިޝްވަތު ނަގައި މައްސަލައެއް ބަލަނީ | ގާނޫނާ ހިލާފަށް ބިދޭސީންނާ ގުޅޭ ބައެއް ކަންކަންކޮށް، މީހުން އަތުން ރިޝްވަތު ނަގަމުންދިޔަ އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ... |
ނަތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނަން: ހޯމް މިނިސްޓަރ | އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޠާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް މިމަހުގެ 21 ވަނ... |
އަންދަލުސްގެ ބާޒު - 15 | (22 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރ... |
ބީއެމްއެލް މުވައްޒަފުންގެ ޗެރިޓީ ދުވުން ބާއްވައިފި | ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޓާފް ޗެރިޓީ ރަން ބާއްވައި ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސްއަށް ފައިސާގެ އެހީތެރިކަން މިއަދު ފޯރުކޮށްދީފި އެވެ.މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަން ނިންމާލުމަށް ފަހު އެ ޖަމިއްޔާއަށް ބޭންކުން ވަނީ 50،000ރ. ހަދިޔާ ކޮށްފަ އެވެ.ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ... |
އެންސްޕާއާ އެމްއެމްޓީވީއާ ގުޅުވާ ފަތުރަނީ ދޮގެއް، ތަހުގީގަށް ގޮވާލައިފި | "އެއީ މި އެޖެންސީ [އެންސްޕާ] އާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވ މުއާމަލާތެއް ނޫނެވެ،"
ރޭގެ ވަގުތެއްގައި ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް އެ އެޖެންސީން ދޮގުކޮށްފި އެވެ.
އެމްއެމްޓީވީ ހިންގަނީ އެންސްޕާގެ ފައިސާ އިނ... |
ތިމާއަށާ ތިމާ ދިރިއުޅޭގެއަށް އެންމެ ފައިދާހުރި ޛިކުރުކުރުން ގިނަކުރާށެވެ! | "އަހުރެންނަކީ ކުޑަ 3 ދަރިން ބަލަމުން އަންނަ މައަކީމެވެ. އެހެންވެ ޤުރްއާން ކިޔަވަން އިށީނދެއްޖެނަމަ ކުދިން އައިސް އުނދަގޫކުރާވަރުން އޮންނަނީ ނުކިޔެވިފައެވެ. ކިރިޔާވެސް ވަޤުތުކޮޅެއް ލިބެނީ ނަމާދަށް ހުންނައިރުއެވެ. އެހެންވެ ވީހާ ދިގުކޮށް ކިޔަވައިގެން ނަމާދުކުރަން މަސައްކަތްކުރަމެވެ."
މިހުރީ ބައެއް މައިންގެ ޙާލުހުރި ގޮތެ... |
އެކައުންޓް ހެކްކޮށް ހިންގި ސްކޭމް: ފުލުސް މީހާގެ ބައިވެރިވުމެއް ނެތް | އެ ސްކޭމް ގައި ތިން މީހެއްގެ ޖުމްލަ 101000 ރުފިޔާ ހޯދާފައިވާ ކަމަށާ އެ ފައިސާ ބޭންކު އެކައުންޓް ކޮމްޕޮރޮމައިޒް ވެފައިވާ އެކައުންޓަކަށް ޖަމާކޮށްފައެވެ.
އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން ފައިސާ ހޯދި މައްސަލާގައި ފުލުހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަވެފައި ނެތް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވައިބާ ... |
އިޒްރޭލުގެ ގަތުލުއާންމުތައް ހުއްޓާލަން ދުނިޔެއިން ފުރިހަމަ ބާރު ބޭނުންކުރަން ރައީސް ގޮވާލައްވައިފި | އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ އަނިޔާވެރި ގަތުލުއާންމުތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައު ފުރިހަމަ ބާރުގެ ބޭނުންކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަށް ފާހަގަކުރާ ދުވަހާ ގުޅުވައި ... |
އެންސްޕާގެ ޚިދުމަތް ރައްޔިތުންނަށް ދިނުން ހުއްޓާލުމަށް ފަހު، އެންސްޕާ އިން 34.80 މިލިއަން ރުފިޔާގެ އޮފީސް ޢިމާރާތެއް ކުއްޔަށް ހިފައި، އެއިން 2 ބުރި މުއިއްޒުގެ ޓީވީ ސްޓޭޝަނަށް | އެންސްޕާ އިން 34.80 މިލިއަން ރުފިޔާގެ އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ރައީސް މުއިއްޒު ހިންގަވާ އެމްއެމް ޓީވީ ހިންގާ ކުންފުންޏާއި އެކު ސޮއިކޮށްފިއެވެ. އެމްއެމް ޓީވީ ހިންގާ މި މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއި ކޮށްފައި ވަނީ 5 އަހަރުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުނ... |
އަލް ޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅުން ދަރުސްތަކެއް | އަލް ޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅުން ދަރުސްތަކެއް ލިބިގެންދާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައި ވަނީ އެ ދަރުސްތަކުގެ މައްޗަށެވެ.
ހުކުރު ޚުޠުބާގައި ބުނީ لله سُبْحَانَهُ
وَتَعَالَى، ކޮންމެ ނަބިއްޔަކަށްމެ އެ ބޭކަލަކަށް
ތަބަޢަވާނޭ ޞަޙާބ... |
އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި | އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ. |
އިމިގްރޭޝަނުގެ މުއައްޒަފުންތަކެއް ރިޝްވަތު ނެގިކަމަށް ބުނާ މައްސަލައެއް ބަލަނީ | ބިދޭސީންނާ ގުޅޭ ބައެއް ކަންކަމުގައި މޯލްޑިވްސް އިމިގްރޭޝަނުގެ 5 މުއައްޒަފަކު ރިޝްވަތުނެގިކަމަށް ބުނާ މައްސަލައެއް ބަލަން ފަށާފައިވާަކަމަށް ދާހިލީ ވަޒީރު، އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަން ގެ 5 މުވަ... |
މެމްބަރަކީ މުޅި އުމުރު ސިހުރުގެ ކަންކަމުގައި އުޅޭ ޣައްދާރެއް: މޭޔަރު ސައުދު | މެމްބަރަކީ މުޅި އުމުރު ސިހުރުގެ ކަންކަމުގައި އުޅޭ ޣައްދާރެއް ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވިދާޅުވެއްޖެއެވެ.
މޭޔަރު ސައުދު ކުރެއްވި ޕޯސްޓެއްގައި “މެމްބަރަކީ މުޅި އުމުރު ސިހުރު ކަންކަމުގައި އުޅޭ ޣައްދާރެއް" ކަމަށް ވިދާޅުވެ، ސިހުރު ކަންތަަކުން ހުރިހާ ވެރިންނާއި، ރައްޔިތުން ސަލާމަތް ކޮށްދެއްވުމަ... |
"އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މަަސައްކަތްކުރީ ޤަވާއިދާއި އެއްގޮތަށް، ހުރިހާ މައުލޫމާތެއް ފެންނަށް ހުންނާނެ" | އެޖެންސީ ހިންގަން އިމާރާތެއް ހޯދުމަށް މުއާމަލާތްކޮށްފައިވާނީ މާލީ ވުޒާރާއާއެކުކަމަށާއި އިތުރު ފަރާތަކާ މުއާމަލާތްކޮށްފައި ނުވާނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.
އެ އެޖެންސީން މިހެން ވިދާޅުވީ އެންސްޕާ ހިންގުމަށް ނަގާފައިވާ އިމާރާތެއް އެހެން ފަރާތަކަށް ދިނުމަށް އެއްބަސްވެފައި... |
ލުބްނާނުގެ ރައްޔިތުން އެނބުރި ގެރޮދަށް ދިޔުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަނީ | ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެނބުރި ގެދޮރަށް ދިޔުމަށް މަސައްކަތް ކުރުމުން ޔަހޫދީ ފައުޖުން އެ ކަމަށް ހުރަސް އަޅައިފިއެވެ. ލުބްނާނުގެ ދެކުނުގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެނބުރި ގެދޮރަށް ދިޔުމަށް މަސައްކަތް ފަށާފައި ވަނީ، އެ ޤައުމުގެ ރައްޔިތުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފަ... |
ވަރޓިކަލް ފާމިންގެ މަޝްރޫޢޫ ކުރިއަށްގެންދާ 5 ރަށް ކަނޑައަޅައިފި | ވަރޓިކަލް ފަރމިންގެ މަޝްރޫޢޫ ކުރިއަށް ގެންދިޔުމަށް 5 ރަށެއް ކަނޑައަޅާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިހާރު ކުރަމުންދަނީ ވަރޓިކަލް ފާމިންގެ ސްޓްރަކްޗަރ ރާއްޖެއަށް ގެނައުމުގެ މަސައްކަތްކަމަށެވެ.
ޕީއެސްއެމްނިއުސްއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގ... |
ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ޑިސެމްބަރު 10 ގައި ނުކުންނަނީ | ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށް ފަހު، ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މި ހަފުތާގައި ގެނައި އިސްލާހާއި ސަރުކާރުގެ "ދޯހަޅި" އިތުރު ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް އަންނަ މަހުގެ 10 ގައި މާލޭގައި ބޮޑު ޖަލްސާއެއް ބާއ... |
ގާނޫނުއަސާސީގެ ދިފާއުގައި ނިކުންނަން މަޖުބޫރު | ރާއްޖެއަކީ ރިޔާސީ ނިޒާމުން ވެރިކަން ހިންގާ ގައުމެކެވެ. ވެރިކަމަށް އައުމަށާއި އެނޫންވެސް އިންތިހާބުތައް ކާމިޔާބު ކުރުމަށް އެއްވިސްނުމެއްގެ ބަޔަކު ސިޔާސީ ޕާޓީ ހަދައިގެން ހިންގުމަކީ ގާނޫނު އަސާސީން ލިބި ދީފައި އޮންނަ އަސާސީ ހައްގެކެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަ ގޮތާއި ބާރުތައް ދެމިއޮންނާނެ ގޮތް ގާނޫނު އަސާސީން ބ... |
ވިލާތުގެ ތިން ބާރާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް | ވިލާތުގެ ތިން ބާރު ކަމުގައިވާ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވި މަޝްވަރާތަކުގެ މަޤުޞަދަކީ، އީރާނުގެ ނިއުކްލިޔަރ ހަތަކަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ހުޅަނގާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ހައްލު ކުރުމަށ... |
ނައިބު ރައީސްގެ އަރިހަށް، ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި | ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމް... |
ވާދަވެރި ކުޅުމަކަށްފަހު ހައިޑެންހައިމް އަތުން މޮޅުވެ ޗެލްސީ އެއްވަނައަށް | ޔުއެފާ ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ހައިޑެންހައިމް ބަލިކޮށް ޗެލްސީ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.
ކޮންފަރެންސް ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އަރްމޭނިއާގެ ނޯހް އަތުން 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެެފައިވާއިރު، ހައިޑެންހަ... |
ކާރެއްގައި ރޯކޮށްލި ކަމުގެ ތުުހުމަތު އޮތް ދެ މީހުން ބަންދަށް | ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެެއް ދީފައިވާ ކަމަށެވެ.
ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމ... |
މެލޭޝިޔާގައި ފެންބޮޑުވެ ތިން މީހުން މަރުވެއްޖެ | މެލޭޝިޔާގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ. ވިއްސާރަ މޫސުމާ ގުޅިގެން މެލޭޝިޔާގެ ގިނަ ސްޓޭޓްތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުންދާއިރު، އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވެ، ވާރޭވެހޭ... |
މީޑިޔާގައި ފެއިލްވެފައިވާ “އަނގަ ވިއްކާ” ޚަލީލުގެ ހަޤީގަތް | ރާއްޖޭގެ މީޑިޔާގައި ފެއިލް ވެފައިވާ ހަލީލަކީ މީހުންނަށް އޮޅުވާލުމާއި، ދޮގު ވާހަކަ ދައްކައިގެން އެތައް ބައެއްގެ އަތުން މީޑިޔާ ހިންގުމުގެ ނަމުގައި ފައިސާ ނަގައިގެން އުޅޭ މީހަކަށް ވާތީ، ރާއްޖޭގެ މީޑިޔާ އިންޑަސްޓްރީ ތެރޭގައި “އަނގަވިއްކައިގެން” އުޅޭ މީހެއް ގޮތުގައި މަޝްހޫރުވެފައިވާ އަގެއް ނެތް މީހެކެވެ. އާންމުކޮށް ރައީސް މ... |
ގާނޫނުއަސާސީއަށް ރައީސް ގެންނެވީ ހެޔޮ ބަދަލެއް: މެންބަރު މުސްތަފާ | ގާނުނުއަސާސީއަށް ރައީސް ޑރ
މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންނެވީ ހެޔޮ ބަދަލެއް ކަމަށް މާފަންނު ހުޅަނގު
ދެކުނު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި މައިގަނޑު ހަތަރު ބަދަލާއެކީގައި ގާނޫނުއ... |
ބީއެމްއެލުން ޑައިބެޓީސް އެސޯސިއޭޝަނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި | ބީއެމްއެލުން 'ސްޓާފް ޗެރިޓީ ރަން' ބާއްވައި، ޑައިބެޓީސް އެސޯސިއޭޝަނަށް ބައިލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ބީއެމްއެލުން ޑައިބެޓީސް އެސޯސިއޭޝަނަށް ބައިލައްކަ ރުފިޔާ ހަދިޔާކުރީ ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި ޗެރިޓީ ރަން ނިންމާލުމަށް ފަހުގައެވެ.
2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބީއެމްއެލުން ބާއްވާ ޗެ... |
ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރައްޖެއިން ތަންފީޒުކުރާނެ: ވަޒީރު އިޙްސާން | ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރައްޖެއިން ތަންފީޒުކުރުމުގައި ވަކި މީހަކު އިސްތިސްނާ ނުކުރާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ ވަޒީރާ ސު... |
ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި | ބައެއް މީޑިއާގެ މަންސަތަކުގައި ކުޑަކުދިންގެ މައުލޫމާތާއި ތަސްވީރު، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފަތުރަމުން ދިއުމަކީ އެ ކުދިންގެ މަސްލަހަތު ރައްކާތެރިނުކުރެވި، ކުއްޖާ ނުރައްކަލަށް ހުށަހެޅިދާނެ ކަމެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބައެއް މީޑިއާ ވަސީލަތްތ... |
ޣައްޒާއިން 24 ގަޑިއިރުތެރޭ 33 މީހުން ޝަހީދު، އުދުވާނު ހައްތަހާ ފުޅާކުރަނީ | އިސްތިމާރީ އިސްރާއީލުގެ
އުދުވާނީ ބާރުތަކުން ހުއްޓާނުލާ ޣައްޒާއަށް ދެމުންގެންދާ އުދުވާނުތަކުގައި
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި
ޣައްޒާއިން 33 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ އެކި
ހިސާބުތަކަށް ވަރުގަދައަށް ބޮންއަޅައި އަދި އެއްގަމުމަގުން ޓެރަރިސްޓު ސިފައިން
ދެމުންގެންދާ ހަމަލާތަކުގައި 33 މީހުން ޝަހީދުވެ 13... |
ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލައިފި | ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ހުއްޓާލާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ އެންގުމަކަށް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯގެ ބޯޑުން ވަނީ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް މ... |
ބީއެމްއެލް އިން ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ވިސާ ކްރެޑިޓް ކާޑު | މި ކާޑަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް ފަސޭހަކަމާއެކު ބޭނުން ކުރެވޭ ކާޑެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޝަރީޢާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފް ކޮށްފި އެވެ.
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ، ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެ... |
ޔުނިފޯމްގެ ގަދަރުކުޑަކުރި، އިމިގްރޭޝަންގެ 5 މުވައްޒަފެއްގެ މައްސަލަ ބަލަނީ | ޔުނިފޯމްގެ ގަދަރުކުޑަކުރި، އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާން ވިދާލުވީ، ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމްގެ ގަދަރުކުޑަވާގޮތަށް، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ... |
ވަރޓިކަލް ފާމިންގ މަޝްރޫޢު ކުރިއަށްގެންދާ 5 ރަށް ކަނޑައަޅައިފި | ވަރޓިކަލް ފަރމިންގެ މަޝްރޫޢޫ ކުރިއަށް ގެންދިޔުމަށް 5 ރަށެއް ކަނޑައަޅައިފިއެވެ.
މިމަޝްރޫޢޫގެ ދަށުން ވަރޓިކަލް ފާމިންގެ މަސައްކަތް ފުރަތަމަ ފަށާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ނ. ކެނދިކުޅުދޫ، ޅ. ނައިފަރު، ރ. ހުޅުދުއްފާރު، އއ. މަތިވެރި، އަދި ތ. ކިނބިދޫގައެވެ.
ރާއްޖޭގައި ވަރޓިކަލް ފާމިންގ ކުރިއަށްގެންދެވޭތޯ ބެލުމ... |
މި އަހަރު ނިމުމުގެ ކުރިން ކަސްރަތު ޕްރޮގްރާމުތައް ހިންގަން ލީޑަރުން ތަމްރީނުކޮށް ނިމޭނެ | ފިޓް މޯލްޑިވްސް ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދަން ހަމަޖެހިފަވާ ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް މި އަހަރު ނިމުމުގެ ކުރިން ލީޑަރުން ތަމްރީނުކޮށް ނިމޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 52 ހަފުތާގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅޭގޮތުން "ޕީއެސްއެމް ނި... |
ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް | ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެދެއްވައިފިއެވެ.
ބުރުޒުމަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:25 ހާއިރުއ... |
ޖޯލި ރިސޯޓުގެ ބައެއް ވިލާތައް ވިއްކަނީ | ރާއްޖެއަކީ އަބަދު ވެސް އަގުބޮޑު މަންޒިލެކެވެ. އެގޮތުގައި އޮންނަ ސަބަަބަކީ މި ފަދަ ޓޫރިޒަމް ޕްރޮޑަކްޓްތަކުގެ ސަބަބުންނެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 40 މިނެޓުން ދެވޭ ހިސާބު ދުރުގައި އޮންނަ ޖޯލި ރިސޯޓުން މިކަން ކުރަނީ "އައިލެންޑް ހޯމްސް"ގެ ނަމުގައި ޕެކޭޖެއް ތައާރަފްކޮށްގެންނެވެ.ވިއްކަން ހުޅުވާލި ބީޗް އަދ... |
މަހާސިންތާއިން ލިބުނު މައުލޫމާތުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެވޭނެ: ވަޒީރު ޑރ.ޝަހީމް | ޒަކާތު މަހާސިންތާއިން ލިބިގެންދިޔަ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ ނިނ... |
ހެޔޮވިސްނުން ލިބުމުގެ ކުރިން ތިމާއަށް ކުރެވިފައިވާ ފާތަކުގެ ޢަދަދު ގުނުމާ ކުޑަބޮޑުމިން ބެލުމެއް ނެތް! ތައުބާވުމުން އެއޮތީ ނިމިފަ!: މުފްތީ މެންކް | ތިމާއަށް މާޒީގައި ކުރެވިފައިވަނީ ކިތައްފާފަތޯ ބަލައި އެ ފާފަތައް ގުނަން ވަގުތު ހޭދަކުރުމެއް ނެތެވެ! އަދި އެފާފަތަކުގެ މިންއަޅައި ކުޑަ، ބޮޑު ބެލުމެއްވެސް ނެތެވެ! އެކަންކަމަށް ވިސްނަން ވަގުތު ހޭދަކުރުމަކީ ހަމަ މުޅިން ބޭކާރު ކަމެކެވެ!
ހަމައެކަނި ބަލަންޖެހޭނީ ތިމާއަށް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވޭތޯއެވެ... |
އެއްބަސްވުމާ ޚިލާފުވެ ޔަހޫދީ ސިފައިން ލުބްނާނަށް ބޮންއަޅައިފި | ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުން ދިޔަ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް އެކުލަވައިލި އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ޤައުމުގެ ދެކުނުގެ ރަށަކަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ވަނީ އެ ޙަމަލާތައް އެންމެ ހަރުކަށި ... |
ނުހަނު ފަސޭހައިން ކޮންމެ މީހަކަށްވެސް ޖަންނަތުލްފިރްދައުސްއަށް އެރެން އޮތް މަގު! | ކޮންމެ ކަމެއްގައިވެސް ދަރަޖަތަކެއްވެއެވެ. ސުވަރުގޭގައި 100 ދަރަޖަ ވަނީ އެހެންވެގެންނެވެ. އެމީހަކަށް ސުވަރުގެއިން ދަރަޖަ ލިބުންވަނީ އެމީހަކު އެކަމަށް އެދިގެން ކުރިމަސައްކަތަކުންނެވެ. ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބޭނެ މީހުންގެ ތެރޭގައި އެންމެ އަޚްލާޤް ރިވެތި މީހުން ހިމެނެއެވެ. އަޚްލާޤް ރިވެތިކުރެވޭނީ އެމީހެއްގެ ކިބައިގ... |
މާޒީގައި ކިތަންމެ ފާފައެއް ކުރެވިފައިވިޔަސް އިސްލާހުވެ ދީނަށް ހިދުމަތް ކުރުމަކީ ހުޅުވިފައިވާ ދޮރެއް: ހުތުބާ | މުސްލިމުންގެ އެންމެ ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނި ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެއް ކަމުގައި ކަމަށެވެ.
ކަޅު ފޮއި ރެއެއްގެ އަނދިރިކަން ފަދަ ފިތުނަވެރި ދުނިޔެއެއްގައި އަހަރެމެން ދިރިއުޅެމުންދާ އިރު، ހައްގުގެ މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް މިއަދު... |
ރާއްޖޭގެ ގިނަ ރަށްތަކުގައި ސިންތެޓިކް ޓްރެކް އަޅަނީ | މި ސަރުކާރުގެ އަމާޒަކީ ހަތަރަކަށް ވުރެ ގިނަ ރަށުގައި ސިންތެޓިކް ޓްރެކް އެޅުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 52 ހަފުތާގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވި... |
ގޯލްޑް ކަޕް: އަލިފުށި ދެވަނަ ބުރަށް، ކުރެންދޫ އަތުން ހުރާއަށް މޮޅެއް | ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގެ ޖާގައެއް ރ. އަލިފުށިން ހޯދިއިރު، ޅ. ކުރެންދޫ ބަލިކޮށް ކ. ހުރާއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް ޑީގެ މެޗު އަލިފުށިން ކާމިޔާބުކޮ... |
އިޒްރޭލުގެ ޖަރީމާތަައް ހުއްޓުވަން ބާރުގެ ބޭނުންހިފުމަށް ގޮވާލައްވައިފި | އެމަނިކުފާނުގެ މެސެޖުގައި، އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވެ، އެ ގައުމެއްގެ ސިޔާސީ ވިސްނުމާއި އިގްތިސާދޫ ބާރުގެ ބޭނުންހިފުމަށް ވަނީ ގޮވާލައްވާފައެވެ.
އިޒްރޭލަށް ހަތިޔާރު... |
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި | އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ނޮވެމްބ... |
ދިރޭކުދިމަހުގެ މަސްވެރިކަން މޭންޖް ކުރުމަށް ޒަމާނީ ފިޔަވަޅު ތަކެއް | ދިރޭކުދިމަހުގެ މަސްވެރިކަން މެންޖްކުރުމަށް ޒަމަނީ ވިޔަވަޅުތަކެއް އަލާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސިލާތަކާއި ބެހޭ ވުޒާރައިން ބުނެފިއެވެ.
ދިރޭކުދިމަހުގެ މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކަކީ މީގެ ކުރިންވެސް އެކްސްޕޯޓުކުރެވޭނެ އެންމެ މަތީ މިންވަރުތަކެއް (ޓީ.އޭ.އީ) ކަނޑައަޅައިފައިވާ ބާވަތްތަކަމަށާ... |
ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި | ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ
ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މި ހުދު ސަމާލަކީ މިއަދު ހަވީރު 5:00 އިން މިރޭ ދަންވަރު 00:30 އާ ހަމައަށް، ތ. އަތޮޅަށާއި، ލ. އަތޮޅަށާއި، ގއ. އަތޮޅަށާއި، ގދ.
އަތޮޅަށާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ނެރެފައިވާ ހުދު ސަމާލެކެވެ.... |
"ހުއްދަ ނެތި ވެލި ނުގެންދަން އެދުނީ އައްޑޫ ލިންކުރޯޑު މަސައްކަތަށް ވެލި ބޭނުންވާނެތީ" | މިވަގުތު ލިންކު ރޯޑު އަލުން ހެދުމަށް ވުރެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅު ނުހަދާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދަނެތި ބޭނުން ނުކުރުމަށް... |
ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ދަށުން 663 މުވައްޒަފުންނަށް ތަމްރީނު ދީފި | ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިންގަމުންދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ދަށުން ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު 663 އަށް އަރައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ސޯސަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އެންމެ ފަހުން ނިމިގެންދިޔަ 12 ވަނަ ބެޗްގ... |
ވިލާތުގެ ތިން ބާރާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް | ވިލާތުގެ ތިން ބާރު ކަމުގައިވާ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވި މަޝްވަރާތަކުގެ މަޤުޞަދަކީ، އީރާނުގެ ނިއުކްލިޔަރ ހަތަކަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ހުޅަނގާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ހައްލު ކުރުމަށ... |
އަސާސީ ތަމްރީނު ނުހަދައި ތިބި 500 އަށްވުރެ ގިނަ ފުލުހުން ތަމްރީނުކޮށްފި | ސީޕީ ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ހިދުމަތުގައި އަސާސީ ތަމްރީނު ފުރިހަމނުކުރާ ގިނަ އަދަދެއްގެ ފުލުހުން ތިބުމާއެކު ފުރަތަމަ އަހަރު އެންމެ ބޮޑަށް އިސްކަންދެއްވީ އެ ފުލުހުން ތަމްރީނުކުރުމަށެވެ.
ފުލުހުންގެ ހިދުމަތުގައި ތިބި މީހުންގެ ތެރެއިން އަސާސީ ތަމްރީނު ފުރިހަމަނުކުރާ 500 އަށްވުރެ ގިނަ... |
މުއިއްޒުގެ އަބުރުފުޅަށްޓަކާ ތުއްތު ގުރުބާން ކުރަނީ | ވަރެއްގެ އަބުރުފުޅެއްތާއެވެ. ވަށަފަރު މޮހަދުގެ ނޫނީ އަބުރެއް އޮތް މީހަކު މިއޮތް ބޮޑު އުޑުބަޅު ކުރެއްވި ހިސާބުގައި ހުރިކަމަކަށް ނުވެއެވެ.
މަށަށް ވާނެއޭ ކިޔައިގެން ރައްޔިތުންގެ ކަންކަމާ މަތިވެ ގަނެގެން އުޅެންޏާ މީހުން ގޮތްފާޑު ކިޔާނެއެވެ. ރައްޔިތުންގެ ތެރޭގައި އުޅޭ އެންމެންނަކު މުއިއްޒު ކިޔާހާ ލަވަޔަކަށް ނުނަށާނެއެވެ. ގ... |
ރަކީދޫގެ ގެތަކުގެ ކަރަންޓްބިލް ބޮޑުތަނުން ކުޑަވެއްޖެކަން އެނގުނީމާ މިހާރު ސޯލާޖަހަން ޝައުޤުވެރިކަން ނެތް ގެތަކުންވެސް ޖަހަން ބޭނުންވާނެ! | ގާތްގަނޑަކަށް ބައެއް ގޭބީސީތަކަށް ކަރަންޓް ބިލް ނުވެސް ދާނެ އިނގޭތޯ. ބޮޑެތި ގޭގެ މިހުންނަނީ، ދެން ޖަހާފަ ހުންނަ ސޯލާ ސިސްޓަމްވެސް ވަރަށް ބޮޑެތި. އެހެންވީމަ އެ ގޭގެއަށް ބިލް ނުވެސް ދާނެ. (މާނައަކީ ބިލަށް އެއްވެސް ފައިށާއެއް ދައްކާކަށް ނުޖެހޭނެއޭ)
އޭގެ އިތުރުން ބައެއް ގޭގެ އެބައޮތް، ސްޓެލްކޯއިން ލާރި ދޭންޖެހޭ ހާލަތެއ... |
މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި | މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިޒަމް އެވޯޑުގެ ކެޓަގަރީތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށާއި، މިގޮތުން މިހާރު އެވޯދަށް ކުރިމަތިލެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަސް ކަމަށެވެ. މޯލްޑިވްސް ޓޫރިޒަ... |
ޑިސެންބަރު މަހު ހައި ކޯޓު ރިސެސްއަށް ދަނީ | ފެށޭ ޑިސެންބަރު މަހު ހައިކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ހައިކޯޓުން ހޮނިހިރު ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ހައިކޯޓުގެ ޤަވައިދުގައިވާ ގޮތުގެ މަތިން 2024 ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވާ ކަމަށެވ... |
ރަކީދޫގެ ބައެއް ގެތަކުގެ ކަރަންޓްބިލަށް ކަނޑާފަ އެގެތަކަށް ސްޓެލްކޯއިން ކޮންމެ މަހަކު ފައިސާދޭންޖެހޭނެ ގޭބިސީތައްވެސް ހުންނާނެ! | އެވްރެޖްކޮށް ގާތްގަނޑަކަށް ކޮންމެ ގެއަކަށް، އާއްމުކޮށް އަޅުގަނޑުމެންގެ ސްޓެޓިސްޓިކް ބަލާއިރު 1000 ކިލޯވޯޓް /އަވަރަ އެބަ ބޭނުންވޭ. އެވްރެޖްކޮށް ހަމަ ކޮންމެ މަހަކު އެބަދޭ އެވަރުގެ ބިލްއެއް. ދެން ޖުމްލަ 30 ގޭބީސީ އެއީ ގެސްޓް ހައުސް ނުލާ. އަޅުގަނޑުމެން މިހާރު ސޯލާ ޖަހާފަ މިހުރީ އެ ގޭބީސީތަކުގެ. އެހެންމަ އޭގެ މާނައަކީ ގޭބީސ... |
ކުށުގެ ޝިކާރައަކަށްވާ އަދި ކުށުގެ ތުހުމަތުވާ ކުދިންގެ މައުލޫމާތު އާންމު ނުކުރަން އެދިއްޖެ | ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އަދި ކުށުގެ ތުހުމަތުވާ ކުދިންގެ މައުލޫމާތު އާންމު ނުކުރަން ޖެންޑާ މިނިސްޓްރީއިން އެދިއްޖެއެވެ.
ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން އަނިޔާގެ ޝިކާރައަކަށްވާ ކުދިންގެ ޒާތީ މައުލޫމަތު ދެނެގަނެވޭނެފަދަ މައުލޫމާތުތަކާއި މައްސަލަތަކާއި ގުޅުވާ ކުޑަކުދިންގެ ފޮޓޯ އާންމެ ކުރަމުންދާތީ އެފަދަ މައުލޫމާތު ... |
ދުވާލުކުރި މަސައްކަތުން ލިބުނު އާމްދަނީއަށް ނުބަލާށެވެ! ފުދިގެން އަރާމުގައި ނިދައިލެވޭނެ މަގު ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ! | ދުވާލު ހަތަރުދަމު ކުރި މަސައްކަތުން ލިބުނު އާމްދަނީއަށް ނުބަލާށެވެ! ކިތަންމެ މަދުން ލިބުނަސް ފުދިގެން ނިދަމާ ހެއްޔެވެ؟ އެއީ ހާދަހާވާ ފައިދާ ބޮޑުކަމެކެވެ. ވިސްނާށެވެ! ފުދިގެން ހުރި މީހަކަށް މަދުވާނީ ކޮންކެމެއް ހެއްޔެވެ؟
ފުދިގެން ނިދުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ގިނަ ބައަކު ކަންނެތްވެ އިހްމާލ... |
އެންސްޕާއާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކާ ގުޅޭ ތަހްގީގެއް ހިންގުމަށް އޭސީސީގައި އެދިއްޖެ! | ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.
އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާ، އެ ޗެނ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.