title stringlengths 1 255 | content stringlengths 1 35.3k |
|---|---|
ރޮނާލްޑޯގެ 915 ވަނަ ލަނޑާއެކު ޑަމަކް އަތުން އަލް ނަސްރަށް ފަސޭހަ މޮޅެއް | ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަގުގެ ރޭ އަމިއްލަ ދަނޑުގައި ޑަމަކް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލްޣަރަފާ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު... |
އަނބިންގެ ކިބައިން ތިބާ ބޭނުންވާ ޚިދުމަތްތައް ލިބިގަންނަން ބޭނުންނަމަ އަނބިމީހާގެ ފިހާރަ ހުސްކޮށްނުލާށެވެ! | ދެމަފިރިއެއްގެ ޙަޔާތަށް ބަލާއިރު ކޮންމެ މީހަކީވެސް އަނެކާގެ ކިބައިން ކަންތައްތަކަކަށް ބޭނުންވާނެ މީހެކެވެ. ވީމާ ހަމައެކަނި ތިމާއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން ދިރިއުޅެން މަސައްކަތްކުރާނަމަ ދާދި އަވަހަށް އޮންނާނީ ދިރިއުޅުން ފޭލްވެފައެވެ.
ޢާންމުކޮށް ބަލާއިރު ޒަވާޖީ ޙަޔާތުގައި އަނބިންގެ ކިބައިން ފިރިން ވަރަށް ... |
ކާރެއްގައި ރޯކޮށްލި ކަމުގެ ތުުހުމަތު އޮތް ދެ މީހުން ބަންދަށް | ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެެއް ދީފައިވާ ކަމަށެވެ.
ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމ... |
"ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" މަހާސިންތާ ނިންމާލައިފި | ޤައުމިއްޔަތު ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ނަމުގައި ބޭއްވުނު ފުރަތަމަ މަހާސިންތާ މިއަދު ނިންމާލައިފިއެވެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފެތުރުމެވެ.ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މަހ... |
ކޮންމެ ޤައުމެއްގަ ހުރިނަމަވެސް ކާފަރުން ފާހަގަކުރާ ދީނީ ދުވަސްތަކުގަ ބައިވެރިވުން ހުއްދައެއް ނޫން! | މުސްލިމް ނޫން ޤައުމެއްގައި ދިރިއުޅޭއިރު އެމީހުން (ކާފިރުން) ފާހަގަކުރާ ދީނީ ދުވަސްތަކުގައި (އެފަދަ ޙަރަކާތްތަކުގަ) ބައިވެރިވުމާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވައެވެ.
ތިރީގައިވާ ސުވާލާއި ޖަވާބުގައި ވަނީ ޔޯގާގެ ވާހަކަނަމަވެސް އެފަދަ ހުރިހާ ކަންކަމުގައިވެސް އޮތީ ހަމަ އެޙުކުމެވެ.
މިހާރަކަށް އައިސް ކަސްރަތުގެ... |
މަގުތަކުގައިހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ޚާއްޞަ ހަރަކާތެއް | މާލޭ މަގުތަކުގައި ހުރި ސްޓެލްކޯގެ ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުގައި އެކި ޕޯސްޓަރުތަކާއި އިޝްތިހާރުތައް ހަރުކުރުމުގެ ސަބަބުން އެ ފޮށިތައް ވަނީ ވަރަށް ބޯޑަށް ހަޑިވެފައެވެ. އެހެންކަމުން އެ ފޮށިތައް ސާފުކުރުމަށް ސް... |
ކޮންމެ ރައްޔިތެއްގެވެސް ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް މިސަރުކާރުން އަޅާނެ: ވަޒީރު އިހްސާން | އެއްވެސް ރައްޔިތަކު އިސްތިސްނާ ނުކޮށް އެންމެންގެވެސް ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް މިސަރުކާރުން އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު އަލީ އިހްސާން މިހެން ވިދާޅުވެފައ... |
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފި | ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މަރަދޫ ފޭދޫއަށް ވައިގަދަވެ ގެއެއްގެ ފުރާޅު އެއްލާމުމާއި ގުޅިގެން އެ ގޭގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މ... |
16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިޔާ ބޭނުން ކުރުން އޮސްޓްރޭލިޔާއިން މަނާކޮށްފި | އޮސްޓްރޭލިޔާގައި ޤާނޫނީ ގޮތުން ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރެވޭނެ އެންމެ ހަގު އުމުރަކީ 16 ކަމަށް ކަނޑައަޅައި، 16 އަހަރު ނުފުރޭ ކުދިން ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރުން މަނާކޮށްފިއެވެ. ދިގު މަޝްވަރާތަކަކަށް ފަހު އޮސްޓްރޭލިޔާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލާ މެދު އެ ޤައުމުގެ ޢާންމުންގެ މެދު... |
ރޮނާލްޑޯގެ ދެ ލަނޑާއެކު އަލް ނަސްރު މޮޅުވެ ތިންވަނައަށް | ސައުދީ ޕްރޯ ލީގުގައި ދަމަކް އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.
އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު އަލް ނަސްރަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއް... |
ޕެރޫގެ ޝެންކޭ ޕޯޓް ހުޅުވުމާއިއެކު އެމެރިކާގެ ސަމާލުކަން | ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޕެރޫގައި ޝެންކޭގައި ހުޅުވި ވިޔަފާރި ބަނދަރާއެކު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ލޯތައް އެދިމާލަށް ހުއްޓިއްޖެއެވެ.
ޗައިނާގެ ކޮސްކޯ ޝިޕިންގ ކުންފުނިން 3.6 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހެދި މި ބަނދަރަކީ ބޮޑެތި ކާގޯ ބޯޓުފަހަރު ބަނދަރުކުރެވޭ، ޑީޕްވޯޓަރ ޕޯޓެކެ... |
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ މާދަމާ | މިއީ ކޮންމެ މޫސުމެއްގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށް ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީން ބުންޏެވެ.
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
"ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ގެ ނަމުގައި ކުރިއަށްގެންދާ... |
ޑިސެންބަރު އުމްރާގައި ޙައްޖު ކޯޕަރޭޝަނުން ޓްރެކިން ޑިވައިސް ބޭނުންކުރަނީ | ކުރިއަށް އޮތް ޑިސެންބަރު އުމްރާގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޓްރެކިން ޑިވައިސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ އުމްރާގައި މިޑިވައިސް ބޭނުންކުރާ ފުރަތަމަ ފަހަރުކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ޙައްޖު ކޯޕަރޭޝަނުން ވަނީ 1425ވަނަ އަހަރުގެ ޙައްޖުގައި މުޅިން އަލަށް ޓްރެކިން ޑިވައިސް ބޭނުންކޮށްފައެވެ.... |
ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި | މަގުތަކުގައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ( ސްޓެލްކޯ) އިން ފަށައިފިއެވެ.
ސްޓެލްކޯގެ މުވައްޒަފުން ހިންގާ "ޗާލު ވެށި – މަގޭ ޒިންމާ" ހަރަކާތުގެ ދަށުން އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތް ކޮށްފައިވާ އިޝްތިހާރު ފަދަ... |
ރަކީދޫން މީހުން ފޭބިނަމަވެސް ސޯލާރއިން ކަރަންޓް އުފައްދަން ހިންގާ މަޝްރޫޢުގެ ފައިދާކުރާނެ! | (ރަކީދޫން ކޮންމެވެސް ދުވަސްވަރެއްގައި މީހުން ފޭބިނަމަވެސް) މި ސިސްޓަމް (ސްޓެލްކޯއިން ޤާއިމުކުރި ސޯލާއިން ކަރަންޓް އުފައްދާ ނިޒާމު) ވެގެންދާނީ އެރަށުގަ ތަރައްޤިކުރާ ރިސޯޓް ނޫނިއްޔާމު ގެސްޓް ހައުސްތަކަށް ކަރަންޓް ދޫކުރާނެ ނިޒާމަކަށް.
ދެން މިހާރުވެސް ގާތްގަނޑަކަށް އެންމެ ގެސްޓް ހައުސް އެއް މިހާރު މިރަށުގަ ހިނގަމުންދަނީ... |
20 ފުލުހަކު ވަޒީފާއިން ވަކި ކޮށްފި | ފާއިތުވި އެއްއަހަރު 20 ފުލުހަކު ވަޒީފައިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުންނަށް ފިޔަވަޅު އަޅަމުން ދަނީ އެ އިދާރާގެ ތެރޭގައި އޮންނަ ނިޒާމުގެ ތެރެއިން ކަމަށެވެ. އެއްވެސް ފުލުހަކު އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރަމުންދާނަމަ އެކަމެއް ބަލައި އެފުލުހަކާ ދ... |
ރާއްޖެއަށް މޫސުން ގޯސްވެއްޖެ | މޫސުން ގޯސްވެ، މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ދެކުނަށާއި އުތުރަށް ހުދު ސަމާލުނެރެފިއެވެ.
މިގޮތުން މޫސުމާއި ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު 6:35 އިން ފެށިގެން މިއަދު މެންދުރު 12:30 އާއި ހަމައަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަދި ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
މޫސުމ... |
މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ޤައުމިއްޔަތު ނެގެހެއްޓުން މުހިންމު: ނައިބު ރައީސް | މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި ދިވެހި ޤައުމިއްޔަތު ނެގެހެއްޓުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކ... |
ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ފުލުހުންގެ، ގުޅުމުގެ މުޅިން އައު ބާބެއް! | ހިޔާ ސަރަހައްދުގައި އެޅި 16 ފްލެޓްގައި މީހުން ދިރިއުޅެން
ފަށާފައިވަނީ، 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އެންމެފުރަތަމަ ހިޔާ
ފްލެޓަށް މީހުން ދިރިއުޅެން ފެށިއިރު، ފެނާއި ކަރަންޓް ފިޔަވައި އަސާސީ އެއްވެސް
ހިދުމަތެއް ނުލިބެއެވެ. އެންމެކުޑަމިނުން ކުޑަކުދިން ކުޅެލާނެ ޕާކެއް އަދި
ހިތްފަސޭހަކޮށްލަންދާނެ ސަރަހަ... |
އަންދަލުސްގެ ބާޒު - 15 | (22 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރ... |
ކުޅިވަރުގެ ދުރުރާސްތާ ޕްލޭން: ރާއްޖެ ބަހާލަނީ ތިން ސަރަހައްދަކަށް، 20 އަހަރުގެ ޕްލޭނެއް | ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގެ ބައިތައް ތަންފީޒުކުރުމަށް މުޅި ރާއްޖެ ތިން ސަރަހައްދަކަށް ބަހާލާ، 20 އަހަރުދުވަހުގެ މާސްޓާ ޕްލޭނުގައި ހިމެނޭ ބައިތައް އިއުލާނުކޮށްފިއެވެ.
ޕްރެޒެންޓޭޝަނެއްގެ ގޮތުގައި މިއަދު ވަނީ ސްޓެލްކޯގައި ހާއްސަ ސެޝަނެއް ކުރިޔަށްގެންގޮސްފައެވެ. މި ސެޝަނުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ސިޓީތަކުގެ ބަ... |
މުޅި ރަކީދޫގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވަނީ..! | ވ. ރަކީދޫގައި ކުރިއަށް އޮތް ދެ ހަފްތާ ތެރޭ 100 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.ވ. ރަކީދޫގައި ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް ޤާއިމުކޮށްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިންނެވެ. އެ ސިސްޓަމްތައް ބޭނުންކުރާ ގޮތ... |
ރައީސް މުއިއްޒުއާ ބެހޭ ގޮތުން އަދަދު ނޫހުން ލިޔުނީ ދޮގުހަބަރެއް: ހަބަރާ ގުޅިގެން އެނޫހުން މަޢާފަށް އެދެފި | ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ އަދަދު ނޫހުން ލިޔުނު ދޮގު ހަބަރާ ގުޅިގެން އެނޫހުން މަޢާފަށް އެދިއްޖެއެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 20 އިން 29 އަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކީ އެކުވެރި ދައުލަތް... |
މިއަދުވެސް އުޑުން މަލާއިކަތުން ފޮނުއްވަވައިގެންވެސް އެމީހަކަށް ނަޞްރު ދެއްވަވާނެ 2 ސިފަ! މުފްތީ މެންކް | އަހަރެމެން ކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން ނުވަތަ ރަނގަޅު ދިރިއުޅުމެއް ނުލިބިގެން އަހަރެމެން އަބަދުވެސް މިތިބެނީ ކަންބޮޑުވެފައެވެ. ޝަކުވާކުރުންމަތީގައެވެ. ސުވާލަކީ މިފަދަ ބޮޑެތި ކަންބޮޑުވުންތައް ކުރިމަތިވެފައިވާއިރު ތިމާގެ ކަންކަން ހުރީ ކޮންޙާލެއްގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަން ޙައްޤުވާ މިންވަރުގައިހ... |
ފިރިމީހާކަމަށްވީނަމަވެސް ރުޅިއަތުވެއްޖެނަމަ "ﷲ ތަޢާލާއަށް ބިރުވެތިވާން" ބުނާށެވެ! އެއަޑު އިވުމުން ރުޅިމަޑުނުކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް!: މުފްތީ މެންކް | ކޮންމެ ޙާލަތެއްގައި މީހާ ހުރިނަމަވެސް ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ 2 ކަމެއް އެބައޮތެވެ. އެއީ ﷲ ތަޢާލާގެ ނަންފުޅު ގަނެވިއްޖެނަމަ ބިރުވެތިވުމާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަންފުޅުގަނެވިއްޖެނަމަ ޞަލަވާތް ކިޔެވުމެވެ.
ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކަށް އޭނާއަށް ނިޞްބަތްކޮށް ކަމަށްވީނަމަވެސް ނުވަ... |
އަންދަލުސްގެ ބާޒު - 15 | (22 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރ... |
މަރުވެއްޖެކަމުގެ ޔަޤީންކަން ޑޮކްޓަރުން ދިނީމާ 4 ދުވަހު މޯޗަރީގެ ފްރީޒަރުގަ ބާއްވާފަ ނަގައި ހިނަވަން އުޅެންފެށީމާ ބަނޑުހައިވެގެން ކާނެ އެއްޗަކަށް އެދުނު މީހެއްގެ ވާހަކަ- | ޒަމާން ފަސްދޭ ވަރަކަށް އާދަފޫވައްޓާލައިފަނިވި ކަންކަން ފެނުން މަދުވާނެއެވެ. ސަބަބަކީ ކޮބައިކަން ސީދާ ބުނަން ނުއެނގުނަސް ބޮޑަށް ޤަބޫލުކުރެވެނީ އެފަދަ ކަންކަން ފެނުނަސް ވިސްނައި ފިކުރުކުރާނެ މީހުންގެ ޢަދަދު މަދުވަމުން އަންނާތީ މެދުވެރިވާ ގޮތެއްކަމަށެވެ.
އެންމެ ކުރީގެ ޒަމާނުގައި ފެނުނުފަދަ ބޮޑެތި ކަންކަންމިއަދު ނުފެނު... |
ބީއެމްއެލް މުވައްޒަފުންގެ ޗެރިޓީ ދުވުން ބާއްވައިފި | ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޓާފް ޗެރިޓީ ރަން ބާއްވައި ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސްއަށް ފައިސާގެ އެހީތެރިކަން މިއަދު ފޯރުކޮށްދީފި އެވެ.މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަން ނިންމާލުމަށް ފަހު އެ ޖަމިއްޔާއަށް ބޭންކުން ވަނީ 50،000ރ. ހަދިޔާ ކޮށްފަ އެވެ.ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ... |
ވަޒީފާއިން އަލަށް ރިޓަޔާކުރާ މީހުންނަށް މަހުން މަހަށް ދޭ އެލަވަންސް ކަނޑާލަނީ | އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ވަޒީފާއިން އަލަށް ރިޓަޔާކުރާ މީހުންނަށް މަހުން މަހަށް ދޭ އެލަވަންސް ކަނޑާލަންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާ ތެރޭގައި އެކަން ސަރުކާރުގެ އިދާރާތަކަށް ސިޓީއަކުން އަންގައިފައެވެ. އެ ސިޓީގައި ވާގޮތުން އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، ... |
ރާއްޖެ އަތުވެއްޖެނަމަ ނަތަންޔާހޫ ހައްޔަރު ކުރާނެކަމަށް ވިދާޅުވެ އިހުސާން ކުރެއްވި އެކްސްޕޯސްޓު ޑިލީޓް ކުރީ އިންސާނިއްޔަތުކަމެއް ނެތް މުއިއްޒު އަންގަވައިގެން! | އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރުމާ ގުޅޭ ގޮތުން ރޭ ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި އެކްސް ޕޯސްޓު ޑިލީޓް ކޮށްފައިވަނީ ރައީސް މުއިއްޒު އެ އެކްސް ޕޯސްޓު ޑިލީޓް ކުރުމަށް އަންގައިވެގެންކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނަތަން... |
ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްގެން، ބިރު ދެއްކުމަށް އެމްޑީޕީ އެކްޓިވިސްޓަކު ފުލުހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި | އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު، މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޕޯސްޓެއް ކުރި ކަމަށް ބުނެ ފުލުހުންގެ ތަޙުޤީޤަށް ހާޒިރުވުމަށް އަންގައިފިއެވެ.
ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޮވެމްބަރު 8 ވަނަ ދުވަހު “އެކްސް” ޕްލެޓްފޯމުގައި ޝާފިއު ކުރި ޕޯސްޓެއްގައި ހަޑ... |
ބާސެލޯނާގެ ޔަމާލްއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެފައިވާ ކަމަށް ފްލިކް ބުނެފި | ބާސެލޯނާގެ ސްޕެއިން ވިންގް، ލަމީން ޔަމާލްގެ ކަނާތުފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް ބުނެފިއެވެ.
އުމުރުން 17 އަހަރުގެ ޔަމާލް އަށް އަނިޔާވީ، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ސާބިއާގެ ރެޑް ސްޓަރ ބެލްގްރޭޑްއާ ދެކޮޅަށް ބާސެލޯނާ ކުޅު... |
އެންސްޕާއާއި ގުޅޭގޮތުން ފަތުރާ ވާހަކަތައް ތަހުގީގުކުރަން އޭސީސީގައި އެދިއްޖެ ބޭންކް އޮފް މޯލްޑިވްސް ގެ “ސްޓާފް ޗެރިޓީ ރަން” ބާއްވައިފި މި އަހަރުގެ މިހާތަނަށް އެކިއެކި މައްސަލަތަކާއި ގުޅިގެން 50 ފުލުހަކަށް ފިޔަވަޅު އަަޅާފައިވޭ ރާއްޖެ އަށް މިވަގުތު ދިމާވެފަ | ރާއްޖޭގެ އެތެރޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ވޯލްޑް ބޭންކުގެ އެހީގައި ކުރެވުނު ދިރާސާގެ ހޯދުންތައް ހިއްސާކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ހިމެނޭ އެކި ފަރާތްތަކުގެ މެދުގައި މ... |
މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމަށް އިތުރު މުއްދަތެއް | މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމަށް އިތުރު މުއްދަތެއް ދީފިއެވެ.
މިއީ ތިންވަނަ މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކަށް އެންމެ ފުރަތަމަ ކަނޑައެޅީ މި މަހުގެ 14ވަނަ ދުވަހެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ ... |
އެމެރިކާ-ސަޢޫދީ ދިފާޢީ އެއްބަސްވުން އެކުލަވައިލުމުގެ މަސައްކަތް މެދުކަނޑައިލައިފި | އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ދިފާޢީ އެއްބަސްވުމެއް އެކުލަވައިލަން ކުރަމުން ދިޔަ މަސައްކަތްތައް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ މެދުކަނޑައިލައިފިއެވެ. ދިފާޢީ އެއްބަސްވުމެއް އެކުލަވައިލުމުގެ ބަދަލުގައި ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން މި ވަގުތު މަޝްވަރާ ކުރަމުން ދަނީ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގ... |
ތަމަންނާ އާއި ވިޖޭގެ ކައިވެނި އަންނަ އަހަރު | ތެލެގޫ، ތަމިލް އަދި ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ބަތަލާ ތަމަންނާ ބާޓިއާ އާއި ބޮލީވުޑްގެ ތަރި ވިޖޭ ވަރުމާ އަންނަ އަހަރު ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރު ދުވަސްވެފައިވާއިރު ދެމީހުންގެ ވިސްނުންވެސް ހުރީ އަވަސްމުސްތ... |
ރަކީދޫ އުންމީދުން ދިއްލި އަވިހަކަތަ ނިވި އަނދިރިވި ގޮތް | މަޝްރޫއަކީ އޭޑީބީގެ ހިލޭ އެހީއެކެވެ. އެކަމަކު މަޝްރޫއު ފެއިލްވީ އެންމެ ގޯހަކުންނެވެ. އެ ގޯސް ހެދުމުގެ ނަތީޖާއަކީ ހަކަތަ ފޯރުކޮށްދޭން ބެހެއްޓި ހުރިހާ ބެޓެރިއެއް ވީރާނާ ވެގެން ގޮސް ކުދިކުދި ވުމެވެ.
ވ. ރަކީދޫން : މުހައްމަދު އަފްރާހު
އެންމެ ފަހުން މި ރަށުގެ ފަސްގަނޑުން ފައި ނައްޓާލި ފަހުން މި ފަސް ގަނޑުގަ މި ފައި ފައި ޖެ... |
އެންސްޕާއާ އެމްއެމްޓީވީއާ ގުޅުވާ ފަތުރަނީ ދޮގެއް، ތަހުގީގަށް ގޮވާލައިފި | "އެއީ މި އެޖެންސީ [އެންސްޕާ] އާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވ މުއާމަލާތެއް ނޫނެވެ،"
ރޭގެ ވަގުތެއްގައި ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް އެ އެޖެންސީން ދޮގުކޮށްފި އެވެ.
އެމްއެމްޓީވީ ހިންގަނީ އެންސްޕާގެ ފައިސާ އިނ... |
އިޒްރޭލް ޕާސްޕޯޓް މަނާކުރާނީ ނަތަންޔާހޫއަށް ވެސް އާދެވޭގޮތަށް! | މުއިއްޒުގެ ހުރި މުނާފިގުކަން ދެކެބަލާށެވެ. ތިމާގެ އަމިއްލަ ބާރުގައި އޮތް ކަމެއް ނުކޮށް ބައިނަލްއަގްވާމީ ގޮތުން އިޒްރޭލާ ދެކޮޅަށް ކަންކުރަންވީ ގޮތް ގައުމުތަކަށް އެބަކިޔާދެއެވެ. އިޒްރޭލާ ދެކޮޅަށް މުޅިދުނިޔެ އެކަތި ގަނޑަކަށް ވާންވީ ޔޯލައެވެ. ދުނިޔެއަށް ގޮތްކިޔަން މީދެން ކާކު ހެއްޔެވެ. ކުކުޅަށް ވުރެ ބިސްދޮށިވެގެން އެހެން ގ... |
ޑްރަގްގެ ބޮޑުންގެ ތަޙުޤީހުތަށް އަވަސްކޮށް ނަތީޖާ ނެރެދޭނަން: ސީޕީ ޝުޖާއު | މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުންގެ މައްޗަށް ހިންގާ ތަހުޤީޤުތައް އަވަސްކޮށް، އެ މަސައްކަތުގެ ނަތީޖާ ރައްޔިތުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. ސީޕީ މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ކޮ... |
ތިނަދޫ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހުރަހަކަށް މެމްބަރު ވެގެން ނުވާނެ: ޑެޕިއުޓީ މޭޔަރު | ތިނަދޫ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހުރަހަކަށް މެމްބަރު ވެގެން ނުވާނެ ކަމަށް ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ ވިދާޅުވެއްޖެއެވެ.
ނަސްރުﷲ މިފަދައިން ވިދާޅުވީ، ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ އުވާލަން ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި ނިސްބަތްވެވަޑައިގަންނަވާ ދާއިރާ، ތިނަދޫ އުތުރު ... |
އަނބިދަރިންނަށާ މައިންބަފައިންނަށް ކުރާ ހޭދައާ ކޮށްދޭ ކަންކަން ލައްވަވާފައިވަނީ ހިލޭ ސާބަހަށް ކުރެވޭ ކަމެއްގެ ގޮތަކު ނޫން! ބަދަލުގަ ގިނަގުނަ ޘަވާބު ދެއްވަވާ ކަމެއްގެ ގޮތުގަ!: މުފްތީ މެންކް | ކައިވެންޏާއި އަނބިދަރިން ބެލެހެއްޓުމާއި އަދި މައިންބަފައިންގެ ކަންކަން ބެލެހެއްޓުމާއިމެދު ބައެއް މީހުންނަށް އޮންނަނީ ވަރަށް ބޮޑެތި އޮޅުންތަކެއް އަރައިފައެވެ. އެހެންވެ ކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދޭން ދެތިން ބަހެއް ބުނެލާނަމެވެ. ވިސްނުންތެރިކަމާއެކު އަޑުއަހާށެވެ.
ހަމަޖެހިލައިގެން އިނދެ ރަނގަޅަށް ވިސްނައިލާށެވެ! ބައެ... |
ސްޓެލްކޯ އިން "ޗާލު ވެށި – މަގޭ ޒިންމާ" ޙަރަކާތް ފަށައިފި | ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު "ޗާލު ވެށި – މަގޭ ޒިންމާ" ނަމުގައި ޚާއްޞަ ޙަރަކާތެއް ފަށައިފިއެވެ.
މި ޙަރަކާތުގެ މަޤްޞަދަކީ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބެލެހެއްޓުމެވެ.
މި ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއ... |
ގިނަ ބައަކަށް ދަތި އުނދަގޫ ޙާލަތުގަ ދިރިއުޅެން ޖެހެނީ މިއާޔަތަށް ޢަމަލުނުކޮށް ފުރަގަސްދެވޭތީ ކަމަށްވުން ގާތް! އިޞްލާޙްކޮށްލަމާ! | ދިރިއުޅޭއިރު ކަންކަން ހުންނާނީ އަބަދު އެއްގޮތަކަށް ނޫނެވެ. ޙާލަތު ބަދަލުވާނެއެވެ! އުފަލުގައި އުޅެވޭފަދައިން ހިތާމައާއި ހިތްދަތިކަމުގެ އިތުރުން އަތްމަތިދަތިކަމުގައިވެސް އުޅެން އެބަޖެހެއެވެ. ވީމާ ތިމާއަށް ކުރިމަތިވި ޙާލަތަކީ ތިމާގެ ސަބަބުން ކުރިމަތިވި ޙާލަތަކަށް ވިޔަނުދިނުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ.
ވި... |
ގަވާއިދާ ޚިލާފަށް އޯވަރޓޭކްކޮށް އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި | ގަވާއިދާ ޚިލާފަށް އޯވަރޓޭކް ކުރި ސައިކަލް އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި އެސައިކަލް ދުއްވި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ގަވާއިދާ ޚިލާފަށް އޯވަރޓޭކް ކުރި ސައިކަލް އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެސައިކަލް ދުއްވި ބ.އޭދަފުށީ ފަސްމީރު އުމުރުން 22 އަހ... |
ހައި ކޯޓު ޑިސެމްބަރު މަހު ރިސެސްއަށް، ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދާނެ | ދިވެހިރާއްޖޭގެ ހައި ކޯޓު، އެއް މަސްދުވަހުގެ މުއްދަތަށް ރިސެސްއަށް ދާނެކަން އެކޯޓުން ހާމަކޮށްފިއެވެ. ހައިކޯޓު ރިސެސްއަށް ދާނީ ޑިސެމްބަރު 1 އިން 31ގެ ނިއަލަށެވެ.
ހައިކޯޓު ރިސެސްއަށް ދިޔަނަމަވެސް އެމުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ވަނީ ނިނ... |
ޣައްޒާއިން 24 ގަޑިއިރުތެރޭ 33 މީހުން ޝަހީދު، އުދުވާނު ހައްތަހާ ފުޅާކުރަނީ | އިސްތިމާރީ އިސްރާއީލުގެ
އުދުވާނީ ބާރުތަކުން ހުއްޓާނުލާ ޣައްޒާއަށް ދެމުންގެންދާ އުދުވާނުތަކުގައި
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި
ޣައްޒާއިން 33 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ އެކި
ހިސާބުތަކަށް ވަރުގަދައަށް ބޮންއަޅައި އަދި އެއްގަމުމަގުން ޓެރަރިސްޓު ސިފައިން
ދެމުންގެންދާ ހަމަލާތަކުގައި 33 މީހުން ޝަހީދުވެ 13... |
ޕްރެސްގައި ފުލުހުން ހާމަކުރި ޒާތީ މައުލޫމާތަށް މައާފަށް އެދިއްޖެ ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލް ދިން މައްސަލައިގައި ފިޔަވަޅު އަޅާނަން: ފުލުހުން މާލޭ މަގުމަތިން އަނިޔާތަކެއް ލިބިފައި އޮތް ދިވެއްސަކު ފެނިއްޖެ ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވތަކެއް ހުޅު | މި އަހަރުގެ މިހާތަނަށް އެކިއެކި މައްސަލަތަކާއި ގުޅިގެން 50 ފުލުހަކަށް ފިޔަވަޅު އަަޅައި، 20 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
“ޕީއެސްއެމް” އިން ގެނެސްދިން ހަފްތާ 52 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ފުލުހުންނަކީ ނުފޫޒުން ސަލާމަތްވެ، ކުށްތަކުން... |
ރަކީދޫގައި ޤާއިމްކުރި ސޯލާ ނިޒާމާއެކު މިހާރު ޖެނަރޭޓަރު ޖައްސަން ޖެހެނީ 2 ގަޑިއިރަށް | އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމެއް ވ. ރަކީދޫގައި ޤާއިމުކޮށްފިއެވެ. ރަކީދޫގައި ގާއިމުކޮށްފައިވާ މި ނިޒާމާއެކު، މިހާރު އެރަށުގައި ޖަނެރޭޓަރު ޖައްސަން ޖެހެނީ އެންމެ 2 ގަޑިއިރަށެވެ.
ވ. ރަކީދޫގައި ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް ޤާއިމުކޮށްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕ... |
ޝައިޠޯނުންގެ ކިބައިންނާ ހުރިހާ ނުރައްކާތަކުން ސަލާމަތްވެހުރުމަށް 2 އިރު މި ދުޢާކުރައްވާ! | ޢާންމުކޮށް ކުރާނެ ރަނގަޅު ދުޢާތައް އޮޅުންފިލުވަން ގިނަބައަކު ބޭނުންވާތީ މިރޭ ބުނެލައިދޭން މިމަސައްކަތްކުރަނީ އެންމެހައި ނުރައްކާތަކުން ސަލާމަތްވެ ހުރެވޭނެ ދުޢާއެކެވެ. އަހުރެންގެ ބުނުމަކުން ނޫނެވެ. ޙަދީޘްފުޅުންނެވެ.
ޖިންނި ޝައިޠޯނުންނާއި މީސްތަކުންނާއި އެންމެހައި ދިރޭތަކެތީގެ ނުރައްކަލުންނާއި ނުބައިކަމުންވެސްމެއެވެ.... |
50 ޕަސެންޓު ޑިސްކައުންޓާއެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް މިމަހު 30 ގަ ލަތާފާ ބްރޭންޑްގެ ޔާރާ ކެންޑީ، ކައިލާން ޓްރެންޑްސްގެ ރެކުތަށް މަގުބޫލު ލިޔުންތައް ސ.މީދޫ ޒުވާނަކު މާވަހަރެއް ކަމަށް ލަފާކުރާ އެއްޗެއް ހޮވައިފި އައްޑު ސިޓީގައި ޒުވާނަކު މަރާލި ކަމަ | ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކައިލާން ޓްރެންޑްސް އަހަރީ ސޭލް މިއަދު ފަށައިފިއެވެ.
ކައިލާން ޓްރެންޑްސް ހުޅުވިފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ބޮޑު ސޭލް މި އަހަރު ވެސް ކުރިއަށްދާނީ %50 ގެ ބޮޑު ޑިސްކައުންޓަކާއެކު އެވެ.
މި ނޮވެންބަރ މަހުގެ 30 ވަނަ ދުވަހުން ފެށިގެން 4 ޑިސެންބަރ 2024 ގެ ނިޔަލަށް... |
ގާނޫނުއަސާސީގެ ދިފާއުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް މީހުން ޖަމާވުމަށް ތައްޔާރު ވަނީ! މި ސަރުކާރު ޒިންމާދާރު ކުރުވުމަށް ރައްޔިތުން އިހުތިޖާޖަށް ނިކުތުން ވާޖިބު ވެއްޖެ! | ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، އެމްޑީޕީން ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި “ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން” ގެ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފައެވެ. މި ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ބައިނ... |
އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކުރާ ސަބަބު މިނިސްޓަރު ސާފުކޮށް ދެއްވައިފި | މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރި ކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
އެކްސް ގައި ކުރި ޕޯސްޓަކާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި އެންގުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން... |
ރައީސް ދަތުރުކުރެއްވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ ޝާއިޢުކުރި ޚަބަރާ ގުޅިގެން އަދަދު ނޫހުން މަޢާފަށް އެދިއްޖެ | ރައީސް މުޙައްމަދު މުޢިއްޒު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން އަދަދު ނޫހުން ޝާއިޢުކުރި ނުބައި މަޢުލޫމާތަކަށް އެ ނޫހުން މަޢާފަށް އެދިއްޖެއެވެ.
މިއަދު އަދަދު ނޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ދަތުރުކުރެއްވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ ޝާއިޢުކުރި ޚަބަރަކީ މަޢުލޫމާތުގެ ކުށެއް ކަމަށެވެ.އަދަދ... |
މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމުކަމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުން: ނައިބު ރައީސް | މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "ކަޅުއޮށްފުންމި - ... |
ޓުރަމްޕުގެ ޓެރިފުތަކަށް ޗައިނާގެ ރައްދު؛ "ސަޕްލައި ޗެއިން ހަނގުރާމަ" | އެމެރިކާއިން އަޅާ ޓެރިފު ފިޔަވަޅުތަކުގެ ރައްދުގައި ޗައިނާއިން ފޯރުކޮށްދޭ މުހިއްމު ބައެއް ކޮމްޕޯނެންޓުތައް ފޯރުކޮށްދިނުން އެކީ މަޑުޖައްސައިލުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުހައްލިލުން ވިދާޅުވެ އެވެ.
ސަލާމަތީ ހިދުމަތްތަކާއި އަސްކަރީ ބާރުތަކުން ބޭނުންކުރާ އަގުހެޔޮ ޑްރޯންތަކުގެ ދުނިޔޭގައި އެމެރިކާގެ ހުރިހާ އުންމީދެއް ގު... |
ޑްރަގް ވިޔަފާރީގެ ބޮޑުންނަށް ފިޔަވަޅު އަޅާތަން ފެންނާނެ | ޑްރަގް ވިޔަފާރީގެ ބޮޑުންނަށް ފިޔަވަޅު އަޅާތަން ރައްޔިތުންނަށް ފެންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ސީޕީ ޝުޖާއު ވިދާޅުވީ ރާއްޖެއަށް ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ ނެޓްވޯކްތަކާއި ޑްރަގު ބޮޑުންނަކީ ކޮބައިކަން ދެނެގަނެ، އެމީހުންގެ މައްޗަށް ރަނގަޅު ތަހުގ... |
އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި | އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ. |
މަންމައާއި ކޮއްކޮއަށް ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި | ފައިސާ ނުދިނުމުން، މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާ ދޭނެކަމުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ މުހައްމަދު ޝަފީގު ކިޔާ މީހެކެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށުގައި އޭނާ ... |
ރަކީދޫ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ވަރަށް ކާމިޔާބު: ސްޓެލްކޯ | ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލަށް ކުރަންޖެހޭ ހަރަދުތައް އަހަރުން އަހަރަށް ބޮޑުވެގެންދިއުމަކީ ރާއްޖޭގެ ބަޖެޓަށް އޮތް ބޮޑު ބުރައެކެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް އެތެރެކުރަން އެކަނިވެސް އަހަރަކަށް 750 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކުރަން ޖެހެއެވެ. ރާއްޖެއަށް... |
ކޮންމެ މީހެއްގެ ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނަން: ދާޚިލީ ވަޒީރު | މިސަރުކާރުގަ އެއްވެސްބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެމްޑީޕީގެ ސިޔާސީ އެކްވިސްޓަކު ފުލުހަށް ހާޒިރުވާން އެންގުމުން އެމްޑީޕީގެ ޗެއާޕާސަން ފައ... |
"ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ނައިބު ރައީސް ހުޅުވައިދެއްވައިފި | ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ، "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ފަށައިފިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދާ މި މަހާސިންތާ ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުހައްމަދު ލަތީފް އެވެ.
މި މަހާސިންތާ ނުވަތަ ދަރުބާރަކީ ދިވެހި ޤައ... |
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ފަންޑު، 24.3 ބިލިއަން ރުފިޔާއަށް އަރައިފި | މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑް 24.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މޯލްޑިވްސް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ އަދަދު މިހާރު 190,458 އަރައެވެ. އޭގެ ތެރެއިން ފަންޑަށް ފައިސާ ޖަމާކުރަމުންދާ ފަރާތްތަކުގެ އަދަދަކީ 181,901 އެވެ.
ޕެންޝ... |
ތިބި ދަރިންގެ ޢަދަދު ކިތަންމެ ގިނަވިޔަސް ކުރާ ފައިދާއެއް ނެތިގެން ކަންބޮޑުވާން ނުޖެހި، ދަރިން ބޮޑެތިވެ ނުބައި މަގަކުން ދިއަޔަސް ބެލެނިވެރިން ޒިންމާއިން ސަލާމަތްވެވޭނެ މަގު! އިން ޝާ ﷲ | "އަހަރެމެން ދެމަފިރިންނަށް 8 ދަރިން ލިބުނެވެ. އެއީ 5 ފިރިހެންދަރިންނާއި 3 އަންހެންދަރިންނެވެ. ކިޔަވައިދިނީމެވެ. އެހެންވެ މިހާރުތިބީ ރަނގަޅު ވަޒީފާ ތަކުގައެވެ. ކައިވެނިވެސް ކޮށްގެންނެވެ. ހުރިހާ ދަރިންވެސް އުޅެނީ އުފަލުގައެވެ. އެކަމަކު މުސްކުޅިވި ދުވަހު އަހުރެމެން ދެމަފިރިންށް ލިބޭ ހަމައެކަނި އުފަލަކީ އެދަރިން އުފަލުގައި... |
"ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" މަހާސިންތާ ފަށައިފި | ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވޭ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" މަހާސިންތާ މިއަދު ފަށައިފިއެވެ.
މި މަހާސިންތާ ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުހައްމަދު ލަތީފެވެ.ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދާ މި މަހާސ... |
ސޯލާއިން އެކަނި ކަރަންޓު ފޯރުކޮށްދޭ ފުރަތަމަށް ރަށް، ރަކީދޫ! | އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ އެންމެ އިސް ސަފުގައި ހިމެނިފައިވާ ވ. ރަކީދޫއަކީ އިޔާދަކުރަނިވި ހަކަތައިން އެކަނި ކަރަންޓު ފޯރު ކޮށްދޭ ފުރަތަަމަ ރަށަށް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
އެ ރަށުގައި ކަރަންޓު އުފެއްދުމަށްޓަކައި ޖަނަރޭޓަރު ހިންގަންޖެހޭ ވަގުތު މިހާރު ދުވާލަކު ދެ ގަޑިއިރަށް ކުޑަކުރެވިފައިވާއ... |
މި އަހަރު ނިމުމުގެ ކުރިން ކަސްރަތު ޕްރޮގްރާމުތައް ހިންގަން ލީޑަރުން ތަމްރީނުކޮށް ނިމޭނެ | ފިޓް މޯލްޑިވްސް ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދަން ހަމަޖެހިފަވާ ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް މި އަހަރު ނިމުމުގެ ކުރިން ލީޑަރުން ތަމްރީނުކޮށް ނިމޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 52 ހަފުތާގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅޭގޮތުން "ޕީއެސްއެމް ނި... |
ވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު ހަދަން ވެލި ބޭނުންވާނެތީ: ވަޒީރު މުއްތަލިބް | އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދި ވަގުތީ ފަސްގަޑުގައި ހުރި ވެލި މިނިސްޓްރީގެ ހުއްދަނެތި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށް ގިނަ ޢަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.... |
އެންސްޕާއާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް، މިނިވަން ތަހުޤީޤެއް ހިންގައިދޭން އޭސީސީގައި އެދިއްޖެ | ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ މެދު ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަން ތަހުޤީޤް ކޮށްދިނުމަށް އެންސްޕާއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި
އެދިއްޖެއެވެ.
އެންސްޕާއާއި މެދު ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް
ކަމުގައި އެންސްޕާއިން ބުނެފައިވެއެވެ.
މާލީ ވުޒ... |
މެމްބަރަކީ މުޅި އުމުރު ސިހުރުގެ ކަންކަމުގައި އުޅޭ ޣައްދާރެއް: މޭޔަރު ސައުދު | މެމްބަރަކީ މުޅި އުމުރު ސިހުރުގެ ކަންކަމުގައި އުޅޭ ޣައްދާރެއް ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވިދާޅުވެއްޖެއެވެ.
މޭޔަރު ސައުދު ކުރެއްވި ޕޯސްޓެއްގައި “މެމްބަރަކީ މުޅި އުމުރު ސިހުރު ކަންކަމުގައި އުޅޭ ޣައްދާރެއް" ކަމަށް ވިދާޅުވެ، ސިހުރު ކަންތަަކުން ހުރިހާ ވެރިންނާއި، ރައްޔިތުން ސަލާމަތް ކޮށްދެއްވުމަ... |
މީސްތަކުންގެ ޖަމާޢަތާ ވަކިވެ އެކަނި ގޭގަ ނަމާދުކުރުމަކީ ޝައިޠޯނާއަށް އެމީހަކު މަގުފުރައްދަން ފަސޭހަވާނެކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު | ނަމާދުކުރުމުގައި ފިރިހެނުންނަށް ދީނުގައި އޮތީ ދެގޮތެކެވެ. ފަރުޟް ނަމާދުތައް ކުރަން އޮތީ މިސްކިތުގެ ޖަމާޢަތުގައެވެ. ސުންނަތް ނަމާދުތައް ކުރަން އޮތީ ގޭގައެވެ. ނަމަވެސް ގޭގައި އިހުސުންނަތްކޮށްގެން މިސްކިތަށް ހިނގައްޖެނަމަ ޖަމާޢަތް ފެށިދާނެކަމުގެ ބިރު އޮތްނަމަ މިސްކިތުގައި ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ގެދޮރުގެ ދަތިކަ... |
"އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މަަސައްކަތްކުރީ ޤަވާއިދާއި އެއްގޮތަށް، ހުރިހާ މައުލޫމާތެއް ފެންނަށް ހުންނާނެ" | އެޖެންސީ ހިންގަން އިމާރާތެއް ހޯދުމަށް މުއާމަލާތްކޮށްފައިވާނީ މާލީ ވުޒާރާއާއެކުކަމަށާއި އިތުރު ފަރާތަކާ މުއާމަލާތްކޮށްފައި ނުވާނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.
އެ އެޖެންސީން މިހެން ވިދާޅުވީ އެންސްޕާ ހިންގުމަށް ނަގާފައިވާ އިމާރާތެއް އެހެން ފަރާތަކަށް ދިނުމަށް އެއްބަސްވެފައި... |
ރައްޔިތުންގެ ސަލާމަތަށް މި ސަރުކާރުން މަސައްކަތްކުރާނެ: ދާޚިލީ ވަޒީރު | ހުރިހާ ރައްޔިތުންގެ ސަލާމަތަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ، ޓްވީޓް ކުރާތީ ފުލު... |
ރަކީދޫގަ ޤާއިމުކުރި ސޯލާއިން ހަކަތައުފެއްދުމުގެ ނިޒާމަކީ އެންމެ އިތުބާރުހިފޭނެ ގޮތަށް ހިންގާ ނިޒާމެއް! | އާދެ، އަޅުގަނޑުމެން މި ބަލަނީ ޤާއިމް ކުރެވިފަ ހުރި ސިސްޓަމަކީ މީ އީއެމްއެސް ލެވިގެން ޤާއިމް ކުރެވިފަ ހުރި ސިސްޓަމެއް ވީމަ ވަރަށް ބޮޑަށް ހިޔުމަން އިންޓަރެކްޓް ނޫނިއްޔާމު އޮޕަރޭޓަރުން އެޔަށް އިންޓަރެކްޓް ކުރަންޖެހޭ ނިސްބަތް ކުޑަވެގެންދާނެކަމަށް.
ދެން އަޅުގަނޑުމެން މީ އާއްމުކޮށް ދުނިޔޭގައި ބެޓްރި ސިސްޓަމް ބަހައްޓާފަ ހު... |
އިހްސާން ފައްޔާޒަށް: ކޮންމެކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް | ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް އެކްސް ގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓ... |
ސަރުކާރަށް ފާޑުކިޔުން ކުށެއްގެ ގޮތުގައި ހަދަން މަސައްކަތްކުރާނީ ކަންބޮޑުވޭ: ރައީސް ސޯލިހު | ސަރުކާރަށް ފާޑުކިޔުން ކުށެއްގެ ގޮތުގައި ހަދަން، އަދުގެ ސަރުކާރުން ސައްކަތްކުރާނީ އެކަމާއިމެދު ކަންބޮޑުވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ހުސެއިން ޝާފިއު (ތުއްތު) އެކްސްގައި މިއަދު ކުރި ޕޯސްޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާ ގ... |
ރިޓަޔާ ކުރާ މީހުންނަށް ދޭ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމައިފި | ސަރުކާރުގެ ވަޒީފާތަކުން ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި އިދާރާތަކަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ސަރުކާރުގެ ރިފޯމު އެޖެންޑާގައި ހަރަދު ކުޑަ ކުރަން އަޅަން ނިންމާފައިވާ ފި... |
ގޯލްޑްކަޕް: ކެންދޫ އާއި މާފުށީގެ ކުރިމަތިލުން އެއްވަރު | މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ ގޯލްޑްކަޕް 2024 ގެ ގުރޫޕް ޑީގައި މިއަދު ހަވީރު ކަ.މާފުއްޓާއި ބ. ކެންދޫ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މުބާރާތުގައި މާފުށި ކުޅުނު ފުރަތަމަ މެޗުގައި ޅ.ނައިފަރު އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ކެންދޫގެ ފުރަތަމަ މެޗުގައި ރ. ... |
މިބުނެދެނީ ދުނިޔޭގެ އެންމެންނަކީ ތިބާގެ "ފްރެންޑުން" ނަށް ވުމަށްވުރެ މާބޮޑަށް ފައިދާކުރާނެ ގޮތް! ދުނިޔޭގަވެސް އާޚިރަތުގަވެސް އުފާވެރިކަން ލިބޭނެ ގޮތް! އިން ޝާ ﷲ | މިއަދުގެ ޢާންމު ޙާލަތަށް ބަލާށެވެ! ޢާއިލާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. ފަރުޟް 5 ނަމާދުކޮށްލާނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. އެކަމަކު ސޯޝަލް މީޑިއާގައި ގެންގުޅޭ އެކައުންޓްތަކަށް ވީހާގިނަ "ފްރެންޑުން" ހޯދަން ކަންކަން ކުރާނެ ވަޤުތު އޮވެއެވެ.
މަސައްކަތުގައި ހުންނައިރުވެސް ފޯނަށ... |
އެންސްޕާ ހިންގުން ޖެންޑަ މިނިސްޓްރީގެ ދަށަށް ބަދަލު ވެއްޖެ އެންސްޕާގެ ޑެޕިއުޓީ ސީއީއޯއަކަށް ރުގިއްޔާ މުހައްމަދު އައްޔަން ކުރައްވައިފި މަގުބޫލު ލިޔުންތައް ސ.މީދޫ ޒުވާނަކު މާވަހަރެއް ކަމަށް ލަފާކުރާ އެއްޗެއް ހޮވައިފި އައްޑު ސިޓީގައި ޒުވާނަކު މަރާލި ކަމަށް ތ | އެންސްޕާއާ ގުޅޭގޮތުން ފެތުރެމުންދާ ހަގީގަތާ ހިލާފު މައުލޫމާތުތަކުގެ މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެންސްޕާ ހިންގާ އޮފީސް އިމާރާތެއް ހޯދަން 34.... |
ސަރުކާރުގެ އަމާޒު ހުރީ ކުރީގެ ބިރުވެރި މާޒީ އަލުން އިއާދަކުރުމަށް: ރައީސް ސޯލިހް | "ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް،"
މި ސަރުކާރުން އަމާޒު ހުރީ ކުރީގެ ބިރުވެރި މާޒީ އަލުން އިއާދަކުރުމަށް ކަމަށާ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު... |
ތިމާވެށި ރައްކާތެރިކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު: މިނިސްޓަރު ޠާރިޤް | ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި ބޭނުންވަނީ ޒުވާނުން މިކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ތަން ދެކެން ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައި... |
މި އަހަރު އެންމެ ބޮޑު ހަރަދެއް ހިނގީ އެއާޕޯޓަށާއި ބިން ހިއްކުމަށް | އެއާޕޯޓު މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ އަދި ބިން ހިއްކުމަށް ދެ ބިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓުން ހަރަދުވެފައިވާކަމަަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކަ އެވެ.
މި އަހަރު ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް މިހާތަނަށް ހިނގާފައިވަނީ އެއާޕޯޓު މަޝްރޫއުތަކަށާއި ބިން ހިއްކުމަށްކަން ފިނ... |
ފީފާ އެވޯޑްސް މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި | ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އެ އިދާރާއިން ހާމަކޮށްފި އެވެ.
ފީފާ ބެސްޓް އެވޯޑަށް ވާދަކުރާ ފިރިހެން ކުޅުންތެރިންގެ ނަންތައް އިއުލާން ކޮށްފައިވާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މި ފަހަރު ގަދަ 11 ގައި ހިމެނިފައިވަނީ ... |
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުސް އޮފީހަށް ހާޒިރުކުރަނީ | މީހަކަށް ބިރު ދެއްކުން ފަދަ ގޮތަކަށް ދޭހަވާ ގޮތަކަށް "އެކްސް" ގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން ޝާފިއު (ތުއްތު) ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މާދަމާ މެން... |
މާރުކުރުން ލާޒިމުކުރާ ބިލާއެކު މުހިއްމު އިގުތިސާދީ ތަފާސްހިސާބު ލިބޭނެ: މުނައްވަރު | މުނައްވަރު ވިދާޅުވި ގޮތުގައި ބޭރު ފައިސާއާ ބެހޭ ބިލު ގާނޫނަަކަށްވުމުން މަނިޓަރީ ސިޔާސަތު ހަރުދަނާކޮށް ބޭރު ފައިސާގެ ބާޒާރު ރަނގަޅަށް މޮނިޓާކުރުމަށް މުހިއްމު ގިނަ މައުލޫމާތުތަކެއް އެމްއެމްއޭއަށް ލިބިގެންދާނެ އެވެ.
މިހާރު އެކުލަވައިލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ގާނޫނަކަށްވުމުން ފައިސާއާ ގުޅޭ ސިޔާސަތު އެކުލަވައިލުމަށް... |
އެމީހަކު އެދޭހައި ކަމެއް ހިންމަވައި ދެއްވަވާނެ މީހަކަށްވުމުގެ މަގު މިއޮތީ! އަވަހަށް ފުރުޞަތުގެ ބޭނުންހިފާ! | ގިނަ ބައަކަށް އަބަދުހެން އުޅެން މިޖެހެނީ ބޭނުންވާ ކަންކަން ނުފުދިގެންނެވެ. ނަމަވެސް ތިމާ އެދޭހައި ކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ މަގު ފެންނަން އެބައޮތެވެ. ސުވާލަކީ ކުރިއަށް މިދެވެނީ އެމަގުން ހެއްޔެވެ؟
އަންނަނިވި ޙަދީޘްފުޅަށް ވިސްނާށެވެ!
އަބޫ ހުރައިރާވިދާޅުވިއެވެ ކީރިތިރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. މާތް ﷲ... |
ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް | ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެދެއްވައިފިއެވެ.
ބުރުޒުމަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:25 ހާއިރުއ... |
ސްޓެލްކޯ ބޭނުންވަނީ މާލެއަކީ ޒީނަތްތެރި ސިޓީއަކަށް ހަދަން، އެ މަސައްކަތް ކުރާނެ: އެމްޑީ | "އަޅުގަނޑުމެން ދެކެން ބޭނުން މާލެއަކީ ޒީނަތްތެރި ރީތި ޗާލު މާލެ އަކަށް ވާން. މި ސިޓީއަށް ޒިޔާރަތް ކުރާ މީހުން ވެސް މާލެ އަކީ ޒީނަތްތެރި ތަނެކޭ ބުނަން ސްޓެލްކޯއިން އަބަދުވެސް ބޭނުންވޭ،"
ވެރިރަށް މާލެއަކީ ޒީނަތްތެރި ސިޓީއަކަށް ހަދަން ސްޓެލްކޯ އިން ބޭނުންވާ ކަމަށާ އެ މަސައްކަތް އަބަދުވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގ... |
ޖޯލި ރިސޯޓުގެ ބައެއް ވިލާތައް ވިއްކަނީ | ރާއްޖެއަކީ އަބަދު ވެސް އަގުބޮޑު މަންޒިލެކެވެ. އެގޮތުގައި އޮންނަ ސަބަަބަކީ މި ފަދަ ޓޫރިޒަމް ޕްރޮޑަކްޓްތަކުގެ ސަބަބުންނެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 40 މިނެޓުން ދެވޭ ހިސާބު ދުރުގައި އޮންނަ ޖޯލި ރިސޯޓުން މިކަން ކުރަނީ "އައިލެންޑް ހޯމްސް"ގެ ނަމުގައި ޕެކޭޖެއް ތައާރަފްކޮށްގެންނެވެ.ވިއްކަން ހުޅުވާލި ބީޗް އަދ... |
ފާއިތުވި 1 އަހަރު ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި އާސަންދައިން ކޮށްފައިވާ މުހިންމު މަސައްކަތްތައް | ފާއިތުވި 1 އަހަރު ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި އާސަންދައިން ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އަދި މިކަމާ... |
ސްޓެލްކޯގެ ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރަނީ | މާލޭ މަގުތަކުގައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.އެ ކުންފުނިން ބުނީ "ޗާލު ވެށި: މަގޭ ޒިންމާ" ޙަރަކާތް ފެށީ މިއަދު ކަމަށެވެ. އަދި މިއީ ކުންފުނީގެ ސަބް-ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ފ... |
އަންނަ އަހަރު އިންޑިޔާއިން އަންނަ ފަތުރުވެރިން ދެގުނައަށް އިތުރުކުރެވޭނެ: ޓޫރިޒަމް މިނިސްޓްރީ | ސްޓޭޓް މިނިސްޓަރު ނިހާދު ވިދާޅުވީ އިތުރަށް އިންޑިޔާ މާކެޓު ގެއްލުވައިނުލައި، ކުރިއަށް އޮތް އަހަރު އެ ގައުމުން އަންނަ ފަތުރުވެރިން ދެ ގުނައަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
އަންނަ އަހަރު އިންޑިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދެ ގުނައަށް އިތުރުކުރެވޭނެ ކަމުގައި ޓޫރިޒަމް މިނިސްޓްރީން... |
"މަރުވާން އޮތް ވަޤުތުޖެހުމުން މަރުވާނެ! ނަރަކައަށްދާން އޮތް މީހަކު ނަރަކަށްދާނެ!" ކަމަށް ބުނެފަ ގެއިން ނުކުތް ގޮތަށް އެކްސިޑެންޓްވެ މަރުވި މީހެއްގެ ވާހަކަ- | އެއީ އެކުވެރިންތަކަކާއިއެކު ގެއެއްގައި ހުރެވުނު ދުވަހެކެވެ. ހުކުރު ދުވަހެކެވެ. ހުކުރު ވަޤުތު ގާތްވެފައިވަނިކޮށް އެކަކު ބޭރަށްދާން އުޅުމުން ނުދިއުމަށާއި ހުކުރުގެ ފަހުން ދިއުމަށް ނަޞޭޙަތް ދިނީމެވެ. ބުނީމެވެ. "ފަރުވާތެރިވާށެވެ! މަރުވާނީ ކޮން ދުވަހަކު ކޮން ވަޤުތަކުކަމެއް ނުއެނގޭނެއެވެ!"
އޭނާގެ ޖަވާބަކަށްވީ "މަރުވާން އޮތ... |
ސިޓީއަށް ކުރިމަތިވެފައިވާ ކަންތަކުން އަރައިގަނެވޭނެ – ގަޑިއޯލާ | މެންޗެސްޓަރ ސިޓީ އަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަނެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި މާދަމާ ލިވަޕޫލް އާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ އެ ޓީމު މިހާރު އޮތް ހާލަތުން ލީގު ހޯދުމުގެ ވިސްނުން ގެންގުޅުމުގެ ކުރި... |
އުއިގޫރު މުސްލިމުންނަށް ކުރާ އަނިޔާ ފޮރުވުމަށް މުސްލިމް ޤައުމުތައް މެދުވެރިކޮށް ޗައިނާއިން ޕްރޮޕެގަންޑާ ހިންގާ ގޮތް | ޗައިނާއިން ޝިންޖިއާންގައި އުއިގަރު މުސްލިމުންނާއި މެދު ޢަމަލުކުރާ އަނިޔާތައް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ހާމަވެ ދަނީ ފާޑުކިޔުން އަމާޒު ވަމުންނެވެ. މީގެ ތެރޭގައި “އަލުން ތަރުބިއްޔަތު ދިނުމުގެ ކޭމްޕްތައް” ގެ ނަމުގައި އެތައް މިލިއަން މުސްލިމުންނެއް ހުކުމެއް ނެތި ޖަލުތަކުގައި ބަންދުކުރުމާއި، މަޖުބޫރުން މަސައްކަތްކުރުވު... |
އިންޑިޔާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައިން މައްޗަށް | އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ 6.1 އިންސައްތައަކީ އިންޑިޔާ ފަތުރުވެރިންނެވެ.
އިންޑިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ މި ނޮވެންބަރު 24 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު 110،001 އަށް އަރައިފި އެވެ.
... |
ހިޔާ ފްލެޓްތަކުގެ އިތުރަށް ހަރުކުރަން ޖެހުނު ލިފްޓްތައް، ހިލޭ ޗައިނާއިން ހަރުކޮށް ދޭން ޖެހޭ އިރު، 18 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކަށް ދިނުމަކީ ރައްޔިތުންނަށް ދިން ނިކަމެތިކަމެއް | ހިޔާ ފްލެޓްތަކުގެ އިތުރަށް ހަރުކުރަން ޖެހުނު ލިފްޓްތައް، ހިލޭ ޗައިނާއިން ހަރުކޮށް ދޭން ޖެހޭ އިރު، 18 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކަށް ދިނުމަކީ ރައްޔިތުންނަށް ދިން ނިކަމެތިކަމެކެވެ.
ޗައިނާއިން މި ލިފްޓްތައް ހިލޭ ހަރުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް އޮތުމުންނެވެ. މި ޕްރޮޖެކްޓް ހަދާ ދިނުމަށް ... |
ސަރުކާރުގެ އަމާޒު ހުރީ ބިރުވެރި މާޒީ އަލުން އިއާދަކުރުމަށް: ސޯލިހް | ސަރުކާރަށް ފާޑު ކިޔުމަކީ އަދަބު ލިބޭ ކުށަކަށް ހެދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލި، ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރި ޕޯސްޓަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރު ކުރަން ނިންމުމާއ... |
ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުވެފައި ހެދުން އަޅާ ގޮތް ކަޓް ނަމަވެސް އަންހެނުން ތިބެން އެންގެވި ގޮތުގަ ޘާބިތުވި އަންހެނަކު ރޭހުން މޮޅުވެ ތަނަވަސް ޒުވާނެއްގެ ކައިވެނި ކާމިޔާބުކުރެވުނު ގޮތުގެ ވާހަކަ- | އަޅުގަނޑުމެން ސްކޫލްވެސް ކޮލެޖްވެސް ނިންމީ އެކުގައެވެ. އެކުގައި އެހައި ގިނަ ދުވަސްތަކެއްވަންދެން އުޅެވުމުން އަޅުގަނޑުމެންގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އޮތެވެ. އަޅުގަނޑުމެންގެ ތެރެއިން އެއް ޒުވާނަކީ ވަރަށް ތަނަވަސް މީހެއްގެ ދަރިއެކެވެ.
ކޮލެޖް ނިންމައި ޕީއެޗްޑީއަށް ކިޔަވަން އޭނާ ދިއައީ މެލޭސިޔާއަށެވެ. ކިޔަވައި ނިމ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.